ރައްޔިތުންގެ މަޖިލީހަށް މިއަދު ގެނައި ކާތަކެއްޗަށް ހުރީ ކަޓަރު ތިލަ އަޅާފަ

ރައްޔިތުންގެ މަޖިލީހަށް މިއަދު ގެނައި ކާތަކެއްޗަށް ހުރީ ދަނގަޑު އަޅާފައިކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ

މަޖިލީހުގެ އިމްތިއާޒުގެ ބިލާއި ގުޅޭގޮތުން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވާހަކަ ދައްކަވަނިކޮށް، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ނެންގެވި ނިޒާމާ ބެހޭ މައްސަލައެއްގައި ވިދާޅުވީ މިއަދު މަޖިލީހަށް ގެނެސްފައުހުރި ކާތެއްކަށް ދަނގަޑުބުރިއާއި ކަޓަރު ތިލަ އަޅާފައި ހުރި ކަމަށެވެ.

މަޖިލީހުގެ ރިއާސަތުން އެކަމަކީ ނިޒާމާބެހޭ މައްސަލައެއްކަމަށް ބަލައިނުގެން ނަމަވެސް އަބްދުﷲ އަބްދުއްރަހީމްވެސް ވަނީ އަލީ ރިޒާ ވިދާޅުވީ ތެދެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ގެނެސްފައި ހުރި ކުޅިމަހުގައި ވިހަ ހުރިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ކާނާ ގެންނަ މާރުކޭޓު ހޮޓާ ވަނީ ބަންދުކޮށްފަ އެވެ.  އޭގެ ފަހުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކެއިންބުއިމުގެ ކަންކަމަށް ދާއިމީ ހައްލެއް އާންމު ކޮމެޓީން ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން މެމްބަރުންގެ ސައިފޮދުގެ ކަންކަން ހަމަޖެއްސެވުމަށް އާންމު ކޮމެޓީ އަށް ލަފާދިނުމަށް އެ ކޮމެޓީގެ ސަބް ކޮމެޓީން ނިންމާފަ އެވެ. ،

ރައްޔިތުންގެ މަޖިލީހުންގެ މެމްބަރުން ފަރިއްކުޅުވުމަށް ގެންނަ ކާތެއްޗަށް ކަޓަރު ތިލަ އަޅާފައި ހުއްޓާ ފެނިފައިމިވަނީ “ރައްޔިތުންގެ މަޖިލީސް ރައްޔިތުންނަށް” މިނަމުގައި ރައްޔިތުންގެ މަޖިލީހާއި ދެކޮޅަށް ގައުމީ ހަރަކާތުން ކެންޕޭނެއް ފަށާފައިވަނިކޮށެވެ.

ފަހުގެ