ޖީއެމްއާރާ އެކު ހެދި ދާއިމީ ކޮންޓްރެކްޓް އެމްއޭސީއެލް އިން ވަގުތީ ކޮންޓްރެކްޓަކަށް ބަދަލުކޮށް މުސާރަކުޑަކުރަނީ

ޖީއެމްއާރުން ދާއިމީ ކޮންޓްރެކްޓް ހަދާފައިތިބި މުވައްޒަފުންގެ ކޮންޓްރެކްޓް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ވަގުތީ ކޮންޓްރެކްޓަކަށް ބަދަލުކޮށް އެއަރޕޯޓުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަމުންދާ ހަބަރު ލިބިއްޖެއެވެ.

އެގޮތުން އަންނަ ޖެނުއަރީ އެކަކުން ފަށައިގެން ޖީއެމްއާރާ އެކު ދާއިމީ ކޮންޓްރެކްޓް ހަދާފައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓް 3 މަސްދުވަހުގެ ވަގުތީ ކޮންޓްރެކްޓަކަށް އެމްއޭސީއެލް އިން ބަދަލުކޮށްފައިވާކަމަށް ހަބަރު ލިބެއެވެ.

ޓައިމްސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މާލޭ އިންޓަނޭޝަނަލް އެއަރޕޯޓު އެމްއޭސީއެލް އިން ހިންގަމުން ގެންދަނީ ހިތުހުރި ގޮތަކަށެވެ. އެގޮތުން މުވައްޒަފުންގެ މެދުގައި ތަފާތު ކުރުންތައް ގެންގުޅުމާއި، މުވައްޒަފުންގެ ދަތިކަން ހުރީތީ އަހަރީ ޗުއްޓީއަށް އެދޭ މުވައްޒަފުންނަށް އަހަރީ ޗުއްޓީ ނުދޭ ކަމަށްވެސް ޓައިމްސްއަށް މައުލޫމާތު ލިބެއެވެ.

ފަހުގެ