ސްނައިޑަރ އިންޓަރ މިލާން ދޫކޮށްލަނީ

ޖެނުއަރީގައި ވެސްލީ ސްނައިޑަރ އިންޓަރ މިލާން ދޫކޮށްލާނެ ކަމަށް ސްނައިޑަރގެ އަންހެނުން ހާމަކޮށްފިއެވެ.

ޖަރުމަން ނޫހަކަށް ދިން ބަސްދީގަތުމެއްގައި ސްނައިޑަރގެ އަންހެނުން ބުނެފައިވަނީ އިންޓަރ މިލާނާއި އެކު ރަގަޅު މުސްތަގުބަލެއް ނެތުމުން ޖެނުއަރީ ޓްރާންސްފަރ ބާޒާރުގައި ސްނައިޑަރ މިލާން ދޫކޮށްލާނެ ކަމަށެވެ.

ހޮލެންޑުގެ ބައިނަލް އަޤްވާމީ ކުޅުންތެރިޔާ އިންޓަރ މިލާނަށް ބާކީ ދެމެޗު އޮއްވާ ޓްރެއިނިންގ ދޫކޮށް ކްރިސްމަސް ޗުއްޓީއަށް ގޮސްފައެވެ.

ސްނައިޑަރއަށް ޝައުގުވެރިވާކަމަށް މެންޗެސްޓަރ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީން ވަނީ ހާމަކޮށްފައެވެ.

ފަހުގެ