ފެބުރުއަރީ 7 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ރާވާފައިވޭ!!

7 ފެބްރުއަރީގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ރާވާފައިވާކަމަށް ފާތިމަތު ދިޔާނާ ސައީދު ހާމަ ކުރައްވައިފި އެވެ.

7 ފެބުރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭގޮތުން މީގެ ކުރިން ނޭނގިހުރި ހަގީގަތްތައް ހާމަކޮށް ދިޔާނާ ނެރުއްވާފައިވާ “ސައިލެންޓް އިންކުއަރީ”  ރިޕޯޓުގައި ވިދާޅުވެފައިވަނީ، ފެބްރުއަރީ 6 ވަނަ ދުވަހު އެނާއާއި ސިޔާސީ ގޮތުން ގާތް ގުޅުމެއް އޮންނަ ބޭފުޅަކު ދިޔާނާއާ ބައްދަލުކުރެއްވި ކަމަށެވެ. ދިޔާނާ ގާތު،  ރައީސް ނަޝީދުގެ ދުވަސް ދުއްވާލުމަށް ނިންމާފައިވާކަމަށް އޭނާ ބުނިކަމަށް ދިއާނާގެ ރިޕޯޓުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު ވެރިކަމުން ދުރުކުރާ ވާހަކަބުނުމުން އިދިކޮޅު ޕާޓީގައި އެހާ މީހުން ނެތްއިރު އެކަންވާނީ ކިހިނެތްތޯ އެހުމުން، އެކަން ކުރާނެ ތާފާތު ގޮތްތައް އެބަހުރި ކަމަށާއި، އެތަނުން އެއްގޮތަކީ އެއާކޮންޑިޝަން ހެދުމަށް ފޮނުވާ މީހާކު ލައްވައި ވިހަ ގޭހެއް ފޮނުވައިގެން ރައީސް ނަޝީދު މަރާލުންކަމަށް އޭނާ ބުނި ކަމަށް ދިޔާނާގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އަދި ރައީސް ނަޝީދު ގަޔަށް ބަޑި ޖެހުމަށް ތައްޔާރަށްތިބި ބައެއް މީހުންވެސް އެބަތިބި ކަމަށާއި، އޭގެތެރޭގައި ނޮވެންބަރު ތިނެއްގައި އެމީހުންގެ ދަރިން މަރުވެފައިވާ މީހުންވެސް ހިމެނޭކަމަށް ދިޔާނާއާ ބައްދަލުކުރި އެނާގެ ސިޔާސީ އެކުވެރިޔާ ބުނިކަމަށް ދިޔާނާގެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ. އެގޮތަށް ރައީސް ނަޝީދު އަވަހާރަ ކޮށްލައިފިނަމަ އެކަން ބައިނަލްއަގުވާމީ ފަރާތްތަކުން ޖިނާއީ މައްސަލައެއްގެ ގޮތުގައި އެކަން ބަލާނެކަމަށާއި، ރައީސް ނަޝީދު ވެރިކަމުން ބާލަން ޖެހޭނީ އެއްވެސް ކަމެއް ޝައްކު ނުވާގޮތެއްގެ މަތީންކަމަށް އޭނާ ދިޔާނާ ގާތުގައި ބުނިކަންވެސް  ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރައީސް ނަޝީދު ވެރިކަމުން ބޭލުމުން އުފެދޭ ހުސްކަމުގައި، ރައީސް ނަޝީދުގެ ނައިބު މުހައްމަދު ވަހީދު ހަސަން އެމްޑީޕީގެ ކޮންޓްރޯލް ހޯދައި ގައުމުގެ ވެރިކަމާއި ހަވާލުވާނެތޯ ދިޔާނާ ގާތު އޭނާ ސުވާލުކުމުން، އެއީ ވާނޭ ކަމެއްހެން ހީނުވެއޭ ބުނިކަމަށްވެސް ދިޔާނާގެ  “ސައިލެންޓް އިންކުއަރީ” ރިޕޯޓުގައި ވިދާޅުވެފައިވެ އެވެ. މިހެންކަމުން އެންމެފުރަތަމަ ކަމަކަށް ވަހީދާއި އެމްޑީޕީ މީހުން ޖެއްސުމުގެ މަސައްކަތް ކުރި ކަމަށް އޭނާ ބުނި ކަމަށާއި، އޭގެ ދެތިންރެއެއް ކުރިން އުމަރު ނަސީރު، ނައިބުރައީސް ވަހީދާއި ބައްދަލު ކުރައްވައި، އެމަނިކުފާނު ދިރިއުޅުއްވާ ގެއިން ބޭރުގައި ހުންނަވައިގެން ނައިބްރައީސް ވަހީދު ގައުމާއި ހަވާލުވުމަށް ތައްޔާރަށް ހުންނެވިކަން އުމަރު އިއުލާނު ކޮށްފައިވާނޭ ކަމަށްވެސް ދިޔާނާއާއި ފެބްރުއަރީ 6 ވަނަ ދުވަހު ބައްދަލުވި މީހާ ބުނިކަމަށް  ރިޕޯޓުގައި ބުނެފައިވެ އެވެ.

މިހުރިހާކަމަކީވެސް ހަގީތްކަން އެނގުނީ ފެބުރުއަރީ 7 ވަނަ ދުވަހު ކަންތައްތައް ވީގޮތުންކަމަށްވެސް ދިޔާނާ ވިދާޅުވެފައިވެ އެވެ.

ފަހުގެ