ބަގާވާތާ ދެކޮޅަށް އެމްޑީޕީން ކުރާ މަސައްކަތަށް އިންޑިއާއިން އެހީވާނެ

ހަތެއް ފެބްރުއަރީގައި ކުރި ބަގާވާތާ ދެކޮޅަށް އެމްޑީޕީ އިން ކުރާ މަސައްކަތަށް އިންޑިއާއިން އެހީވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ބެލުމަށްޓަކައި ރެޕަޓުއާއަކަށް އދ. އިން ކަނޑައަޅާފައިވާ ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

މިރޭ ޝަހީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ހަތެއް ފެބުރުއަރީ ގައި ކުރި ބަގާވަތާއި ދެކޮޅަށް އެމްޑީޕީން މިހާރު ކުރާ މަސައްކަތުގައި އިންޑިއާއިން އެހީތެރިވާނޭ ކަމަށާއި، އިބުރާހިމް ހުސެން ޒަކީވެސް ހުންނެވީ އިންޑިއާގައި ކަމަށެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވެފައިވާއިރު ރައީސް މުހައްމަދު ވަހީދުގެ ސަރުކާރު އިންގިލާބަކުން ބަދަލުކޮށްލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ޑިސެންބަރު 11 ވަނަދުވަހު ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ހުށަހެޅުއްވި ގަރާރު ފާސްވީ، އެ ބައްދަލުވުމުގައި ބައިވެރިވި 30 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ހިނގާ ޑިސެންބަރު މަހުގެ 16 ވަނަދުވަހު ރާއްޖެ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޒަކީ ވިދާޅުވީ ދެން ރާއްޖެއަށް ވަޑައިގެންނަވާނީ ޑިމޮކުރެޓިކް ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރެވުނު ދުވަހަކުން ކަމަށެވެ. މިއަދު ރާއްޖޭގައި ހިނގަމުންދަނީ ޚުދުމުހުތާރު ވެރިކަމެއް ކަމަށާއި މިވެރިކަން ނިމި މިނިވަން އިންތިޚާބެއް ރާއްޖޭގައި ބޭއްވި އާ ރައީސް އެއް އިންތިޚާބު ކުރުމުން ނޫނީ ދެން ރާއްޖެ ނާންނާނެ ކަމަށް ޒަކީ ވިދާޅުވެފައިވެ އެވެ.

 

ޑރ. ޝަހީދު ކުރަައްވާފައިވާ ބައެއް ޓްވީޓްތައް:

 

 

ކިޔުންތެރިންގެ ހިޔާލު

 1. ބަތާވިގާ

  އެއްބައްރަކަށް އޮތްނަމަ، ރާއްޖޭގެ އާބާދީގެ 275000 ދިރިއުޅޭނީ، ކެރެލާގެ ރެފިޔުޖީ ކޭމްޕްތަކެއްގައި… ރާއްޖޭގައި މިކުރާވެރިކަމުގައި ހުރިވަހީދަށް ގޮތްކިޔައިދޭ މައުމޫނުގެ ބޭނުމަކީ، ދިވެހިންނަށް ހިތިކަމާއި ދަތިއުދަގުތައް މެދުވެރިކޮށްގެން، އެބުރިވެރިކަމަށްއައިސް އަނިޔާވެރިވެރިކަމެއް ކޮށްލައި، އޭނާ ބޭނުންފަރާތަކަށް ވެރިކަން ފޮރޮޅާލަން…

 2. ޒީލަން ދި ޒީ

  އިންގިލާބު އަވަސްކުރޭ! އެހެންނޫނީ ދިވެހިން މަރާފާނެ.މިއުޅޭ ފަހަރިމެން………

 3. ނަޒީރު

  However-much everyone tries to avoid and write their destiny; neither can be achieved in their lifetime.

 4. ދެންދެން ދަންވީހެން

  ނުވާނެ ތިކަމެއް! އިންޑި ޖެހޭނީ ހަމަ ސަޒިޒުގަ އޮންނަން.. ޖީއެމްއާރުވެސް އޮނާނީބޭރުކޮށްފަ..

  • މުހައްމަދު

   އިންޑިއާ ސައިޒްގައި އޮންނާށޭ ކިޔާއިރު މިހާރު ރައްޔިތުން އެތިބީ މި 23ޑިސެމްބަރ އިއްތިހާދެއްގެ ސަބަބުން އިންޑިއާ އަށް ބޭސްފަރުވާކުރަން ދާން ވެގެން ވިސާ ނުލިބިގެން ދަންވަރުއްސުރެން ކިއު ހަދައިގެން…. ފަހަރި އިމްރާން އަކީ ގައުމުގެ ހަލާކު.. އިންގިލާބް އަވަސްކުރޭ…

 5. މޯޑުވީނު

  އިންގިލާބު އަވަސްކުރޭ