ފޯނު ކޯލު އަޑުއަހާތޯ ދެނެގަންނާނީ ކިހިނެއް؟

މިފަހުން އަބަދުވެސް އަޑު އިވެނީ”އަހަރެންގެ ފޯނު ފުލުހުން އަޑުއަހާހެން ހީވޭ” އޭ ބުނާ އަޑެވެ. ގިނަ ބޭފުޅުން މިކަން ޝައްކުވާއިރި މި ޝައްކު ޔަގީން ކުރައްވަން ވެއްޖެއް ނޫންތޯ އެވެ؟

ފުލުހުން ފޯނު ޓެޕް ކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ނޫނެވެ. އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގަށް ފުލުހުން 13 ހާސް ފޯނު ކޯލު އަޑުއަހާފައިވާކަމަށް ހުދު ޕޮލިސްކޮމިޝަނަރ އަބްދުﷲ ރިއާޒު ވިދާޅުވެފައިވެ އެވެ.

އެމްއެންޑީއެފްގެ ސިފައިންގެ ބޭކަލަކު ވިދާޅުވީ ސިފައިންނަށް ”ފޯނެއް އަޑުއަހާ ރިކޯޑު ކޮށްލުމަކީ ފޯނު ބުކްގައި ނަންބަރެއް ސޭވް ކޮށްލުންހާ ފަސޭހަ ކަމެއް” ކަމަށެވެ.

ފޯނު ޓެޕް ކޮށްފައިވޭތޯ ދެނެގަންނާނެ ގޮތް:

ބޭނުން ނުކުރިއަސް ފޯނު ހޫނު ވުން

ފޯނު ޓެޕް ކޮށްފައިވާނަމަ ފޯނު ބޭނުންނުކޮށް އޮތަސް ފޯނު އަބަދުވެސް ހޫނު ވާނެ އެވެ. ސަބަބަކީ އަބަދުވެސް ފޯނު ޓެޕް ކޮށްފައިވާނަމަ އަބަދުވެސް ފޯނުގައި ހުންނާނީ އެކްޓިވިޓީއެއް ހިނގަ ހިނގަ އެވެ.

އަވަހަށް ފޯނުގެ ޗާޖު ދިއުން

ކުރިއަށްވުރެ އަވަހަށް ފޯނުގެ ޗާޖު ދިއުމަކީވެސް ފޯނު ޓެޕްކޮށްފައި ހުރި ކަމުގެ އަލާމާތެކެވެ. އެހެނީ ފޯނު ޓެޕްކޮށްފައިވާނަމަ އަބަދުވެސް ފޯނުން ކުރާ މަސައްކަތްތައް އޮންނާނީ ރިކޯޑުވެވެ އެވެ. މިކަމަށް ބޭނުންކުރަނީ ފޯނުގެ ބެޓަރީ އެވެ.

ފޯނު ނިއްވާހުޅުވުމުގައި ލަސްވުން

ފޯނު ނިއްވައި ހުޅުވަން ލަސްވުމުކީވެސް ބޮޑު އަލާމާތެކެވެ. ބައެއް ފަހަރު ފޯނު ނިއްވާލެވުނަސް ހުދު ސްކްރީނެއް ފޯނެއް ފެނިދާނެ އެވެ. ނުވަތަ ހުޅުވުމުގެ ކުރިން ހުދު ނުވަތަ އެނޫންވެސް ކުލައެއްގެ ސްކްރީނެއް އަތުވެދާނެ އެވެ.

ފޯނު އަމިލްލަށް ބައެއް މަސައްކަތް ކުރުން

ބައެއްފަހަރު ފޯނު އަމިއްލައަށް އަލި މަޑުވެ ބާރުވެސް ވެދާނެ އެވެ. އަނެއްބައި ފަހަރު އަމިއްލައަށް ނިވިފައި ހުޅުވިވެސް ދާނެ އެވެ. އަދި ފޯނުގެ ވިލިއަމް އަމިއްލައަށް މަޑުވެ ބާރު ވުމަކީވެސް ފޯނު ޓެޕް ކޮށްފައި ހުރި ކަމުގެ އަލާމާތެ ކެވެ.

ފޯނުގައި ހުންނައިރު ފަހަތުން ބައެއް އަޑު އަޑު އިވުން

ފޯނުގައި ހުންނައިރު ބައެއް ފަހަރު މީހުން ފަހަތުން ވާހަކަ ދައްކާހެން ހީވޭތޯ އެވެ؟ ނުވަތަ ބައެއް އަޑު އަޑު އިވޭހެން ހީވޭތޯ އެވެ؟ މިހެން ކަމަށްވާނަމަ ފޯނު އެއޮތީ ހަމަ ޔަގީނުންވެސް ޓެޕް ކޮށްފަ އެވެ. އެއީ ދައްކާ ވާހަކަ އަޑު އަހަނީ އެވެ.

ޓީވީ، ރޭޑިއޯ، އަދި ސްޕީކަރާ ފޯނު ކައިރުކުރުމުން ”ފޫސް” އަޑު ކިއުން

ފޯނުކޯލެއްގައި ނުހުއްޓަސް ފޯނު ފޯނު ޓީވީ، ރޭޑިއޯ އަދި، ސްޕީކަރާއި ކައިރިކުރުމުން ”ފޫސް” އަޑު ކިއުމަކީވެސް ފޯނު ޓެޕް ކޮށްފައި ހުރި ކަމުގެ އަލާމާތެވެ. ނަމަވެސް ފޯނެއްގައި ހުރެނިމަ ”ފޫސް” އަޑު ކުއުމަކީ މައްސަލައެއް ނޫނެވެ.

ފޯނު ކުރުމުގައި ދަތިތަކާ ދިމާވުން

އާންމުކޮށް ފޯނު ކުރުމުގައި ދަތިތަކެއް ކުރިމަތިވުމަކީ ފޯނު ޓެޕްކޮށްފައި ހުރި ކަމުގެ އަލާމަތްތަކުގެ ތެރެއިން އެންމެބޮޑު އެއް އަލާމާތެވެ.

މިފަދަ ކަންތައްތަކެއް ކުރިމަތިވާނަމަ އެންމެ ރަނގަޅުގޮތަކީ ފޯނު ނަންބަރު ބަދަލުކުރުމެވެ. ފޯނުގައި ހުރެގެން ރިކޯޑު ކުރާ މީހުނަށް ހަޅޭ ލެވިއަސް އެކަމެއް ނުހުއްޓޭނެ އެވެ.

ފަހުގެ