ޕީޕީއެމްގެ ދާއިމީ މަޤާމްތަކާއި ކޮމެޓީތަކަށް ކުރިމަތިލި ފަރާތްތަށް އިއުލާންކޮށްފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ދާއިމީ މަޤާމްތަކާއި ކޮމެޓީތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު އެޕާޓީން އިއުލާންކޮށްފިއެވެ.

ޖެނުއަނީ 17ން 19އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ޤައުމީ ޖަލްސާގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމްތަކުގެ ތެރެއިން ޕާޓީގެ ކައުންސިލަށް އިންތިހާބުކުރާ އަންހެން ތިން މެމްބަރުންގެ މަޤާމަށް ކުރިމަތިލާފައިވަނީ 11 އަންހެން ބޭކަނބަލުންނެވެ. އަދި އެޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސްކަމަށް 3 ބޭފުޅަކު ކުރިމަތިލާފައިވާއިރު އަންހެނުންގެ ގޮފީގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ ދުންޔާ މައުމޫން އެކަންޏެވެ.

ޕާޓީގެ ކައުންސިލަށް އިންތިހާބުކުރާ އަންހެން ތިން މެމްބަރުންގެ މަޤާމަށް ކުރިމަތިލާފައިވަނީ :-

އާމިނަތު ނާދިރާ (ގ.ޒަމާނީ ގުލްޝަން / މާލެ)،

ޢާއިޝަތު ޝިހާމް (ގ.ކުދިރުވާލިގެ / މާލެ)،

ޢާއިޝަތު އިނާޔާ (މ.މަނާފުށި/މާލެ)،

ރާޝިދާ ޔޫސުފް (ގ.ކިސޫމް/ މާލެ)،

އަސްމާ ރަޝީދު (މ.ވިލާދަށުގެ/ މާލެ)،

އާމިނަތު ޢާތިފާ (މ.އާސްތާނާ/ މާލެ)،

ޢާއިޝަތު މާއިން ރަޝީދު (ގ.ސުވާސާގެ/ މާލެ)،

އަނީސާ ސަޢީދު (ހ.ބްލޫބާރޑުގެ/ މާލެ)،

ނަހުލާ ޢަލީ (ހ.ބޮނޑިކަނދޮޅުގެ/ މާލެ)

ޝަހީމާ ޢަބްދުލް ރަޙްމާން (ދަފްތަރު ނަމްބަރު 2196)

ފާތިމަތު މުޙައްމަދު (ވ.ފަށާ މަންޒިލް/ މާލެ)

 

ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ:-

އިބްރާހިމް މުޢާޒް (ޓީވީ މުއާ) ހަޒާރުމާގެ، ނ.ފޮއްދޫ

ޒާހިދު ރަމީޒް (ޒާހިދް ކްރިއޭޓަރ) ކޮމަންޑޫގެ، ސ. ހިތަދޫ

އިބްރާހިމް ނާޒިމް (ދަފްތަރު ނަންބަރު7615 )(

ކިޔުންތެރިންގެ ހިޔާލު