ދަންޖެހި މަރުވީ ހައުސިން މިނިސްޓަރ މުއިއްޒު ގެންގުޅޭ ބިދޭސީ އަންހެނެއް!!

މިއަދު ހަވީރު ދަންޖެހި މަރުވީ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާ ގޭގައި ގެންގުޅޭ އަންހެނެއް ކަމަށް ޓައިމްސް އަށް މައުލޫމާތު ލިބިއްޖެ އެވެ.

ޓައިމްސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރު އަމިއްލައަށް ދަންޖެހި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ މިސްޖޭސިއަމް ކިއާ އަންހެނެކެވެ.

ސައުވީސް އަހަރުގެ އަންހެންމީހާ މަރުވެފައިވަނީ ހައުސިން މިނިސްޓަރ މުއިއްޒު ދިރިއުޅުއްވާގޭގައި ކަން ސިއްރުކުރުމުގެ ގޮތުން ބައެއް މީޑިއާތަކަށް މުއިއްޒު ގުޅައި އެކަން ސިއްރުކުރުމަށް އެދިފައިވާކަމަށްވެސް ޓައިމްސްއަށް މައުލޫމާތު ލިބެ އެވެ.

މިކަމާގުޅޭ ގޮތުން ފުލުހުންގެ ވެބްސައިޓުގައިވެސް އަދި މިހާތަނަށް އެއްވެސް އެއްޗެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

ހައުސިން މިނިސްޓަރ ދިރިއުޅުއްވާ ގޭގައި ގެންގުޅޭ ބިދޭސީ އަންހެންމީހާ މަރުވެފައިމިވަނީ ބިދޭސީ މަސައްކަތު މީހުންނާ މެދު ރާއްޖޭގައި ކަންކަން ކުރަމުން ދަނީ ވަރަށް އިހާނެތި ގޮތްގޮތަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން(އެޗްއާރުސީއެމް) އިންވެސް ބުނެފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާތަކުގައިވެސް މިކަމާގުޅޭ ހަބަރުތައް އަންނަނީ ފެތުރެމުންނެވެ.

މިކަމާ ގުޅޭގޮތުން ޓްވިޓަރ ގައި ސިއާސީ ބައެއް ބޭފުޅުން ކުރައްވާފައިވާ ޓްވީޓްތައް:

 

ކިޔުންތެރިންގެ ހިޔާލު

  1. އާމިނަތު ވާފިރާ

    އަމިއްލަ ދަރި ޑްރަގް ބޮއިގެން ހުޅުމާލޭގައި ދަންޖެހިގެން އުޅުނު އިރު އެކަން ފޮރުވާފަ، މިހާރު އިއްޒަތްތެރިންގެ އަބުރު ނަގާލަން ނިކުތީތަ؟ ދުވަހަކުވެސް ތިވެރިންނަކަށް ކާމިޔާބެއް ނުލިބޭނެ!