އިންޑިއާއަށް ދާން ވިސާހޯދަން ދެންދާނީ އިމްރާނުމެން ގެއަށް!!

ޖީއެމްއާރާއި ދިވެހި ސަރުކާރު ވެފައިވާ އެގްރީމަންޓު އުވާލިތާ ގިނަ ދުވަސްތަކެއް ނުވަނީސް ” ދިވެހިންވެސް ހިމެނޭގޮތަށް އިންޑިއާއިން ވިސާ ދޫކުރާ އުސޫލު ލުއިކޮށްދީފި” ކަމަށް ބުނެ މީޑިއާގައި އަޑު އުފުލިގެން ދިޔައެވެ. މީޑިއާތަކުގައި މިގޮތަށް އަޑުއުފުލިގެން ދިއުމާއި އެކު ބައެއް މީހުން މީޑިއާއިން ފެތުރި ދޮގުހަބަރުގައި ޖެހި އާޝޯހުވެފައި، ތިއްބެވެ.

ފަހަރުގައި މީޑިއާތަކުގެ އިސްވެރިންގެ ގޮތުގައި ތިބި ބައެއް ބޭފުޅުން ބޭނުންވީ، އިންޑިއާއިން މިހާތަނަށް ރާއްޖެއަށް ކޮށްފައިވާ އެންމެ އިންވެސްޓުމަންޓު އުވާލައި ޖީއެމްއާރު ރާއްޖެއިން ބޭރުކޮށްލި ކަމުގައިވިއަސް އިންޑިއާއިން ރާއްޖެއަށް ހިތް ހެޔޮވާނެކަން ދެއްކުން ކަމަށްވެސް ވެދާނެ އެވެ.

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ޖީއެމްއާރު ރާއްޖެއިން ފޮނުވާލުމާއި އެކު އެންމެ ފުރަތަމަވެސް ވަޑައިގަތީ ޗައިނާއަށެވެ. ޗައިނާއިއެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރެއްވިތާ 24 ގަޑީރު ނުވަނީސ ކަންވީ ދިވެެހިން ހީކުރިގޮތާ ދިމާ އިދިކޮޅަށެވެ. ކުރިން ދިވެހިންނަށް އިންޑިއާއަށް ދިއުމުގައި އޮތް ލުއިފަސޭކަން އެއްކޮށް ގެއްލުނީ އެވެ.

ޓޫރިސްޓު ވިސާގައި އިންޑިއާއަށްދާ ދިވެހިން ބޭސްފަރުވާކޮށް އެހެނިހެން ކަންތައްތައް ކުރާނަމަ ޓީޕޯޓު ކޮށްލަން ޖެހިދާނެކަމަށް ބުނެ އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓްރީން ބަޔާން ނެރުނީ އެވެ. އެންމެފަހުން ދިވެހިންނަށް އޮޅުވާލުމަށް މަސައްކަތް ކުރި މީޑިއާތަކަށްވެސް މަޖުބޫރުވީ ތެދު ބުނާށެވެ. ދިވެހިން ބޭނުންހާގޮތެއް އިންޑިއާއަށް ނުހެދޭނެކަން ހާމަވީ އެވެ.

މިދިޔަ އަހަރު އެކަނިވެސް ބައިލައްކައަށްވުރެ ގިނަ ދިވެހިން އިންޑިއާއަށް ގޮސްފައިވާއިރު، ވިސާ ހޯދުމަށް އިންޑިއާ އެމްބަސީން ދުވާލެއްގެ މައްޗަށް ދޫކުރަނީ އެންމެ 40 ނަންބަރެވެ. މިކަންވީ އާންމު އުނދަގުލަކަށެވެ. ރައްޔިތުން ރުޅިގަދަވީ ދިވެހި ސަރުކާރުދެކެ އެވެ. އެންމެފަހުން މިއަދު ބައެއް މީހުންވަނީ ފޮރިން މިނިސްޓްރީ ދޮށައްގޮސް ނުރުހުން ފާޅުކޮށްފަ އެވެ.

އެތަނުން މީހަކު ޓައިމްސްއާއި ވާހަކަދައްކަމުން ބުނީ އިންޑިއާ އެމްބަސީން ވިސާ ނުލިބިއްޖެނަމަ ދެން ދާނީ އަދާލަތުޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދިރިއުޅުއްވާގެއަށް ކަމަށެވެ. “އަޅުގަނޑަކީ މީގެކުރިން ތިންފަހަރު އިންޑިއާއަށް ދިޔަ މީހެއް. މިހާ އުނދަގުލެއްނުވޭ ވިސާ ހޯދާކަށް. ޖީއެމްއާރު ގައުމުންބޭލީމަ ހުރިހާ އުނދަގުލެއް މިވީ ދިވެހި ރައްޔިތުންނަކަށް ނޫންތޯ؟ ދެން އަޅުގަނޑުމެން ވިސާ ނުލިބިއްޖިއްޔާ ދާނީ އިމްރާނުމެން ގޭދޮށަށް. އޭނާޖެހޭނެ ވިސާ ޖަހައިދެން.”

ފަހުގެ