އަދާލަތު އިމްރާނު އިސްވެ ހުންނަވައި ޤައުމީ ހަރަކާތުގެ ނަމުގައި ހިންގާ ހަރަކާތްތަކަށް ޕީޕީއެމް އިން ފާޑު ކިޔައިފި

އަދާލަތު އިމްރާނު އިސްވެ ހުންނަވައި ޤައުމީ ހަރަކާތުގެ ނަމުގައި ހިންގާ ހަރަކާތްތަކަށް ޕީޕީއެމް އިން ފާޑު ކިޔައިފިއެވެ. ރޭ ދިޓީވީގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި ރައްޔިތުންގެ މަޖލީހުގެ މުލަކު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވީ ޖީއެމްއާރުގެ އެގްރިމެންޓް ނިމުމަކަށް ގެނައީ މަގުމަތިން ނޫންކަމަށާއި އެއީ ސަރުކާރުގެ ތެރެއިން ނިންމި ނިންމުމެއްކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ އެނިންމުން ނިންމުމުގައި ޕީޕީއެމްއިންކުރަންޖެހުނު ހުރިހާކަމެއްވެސް ކޮށްފައިވާނެ ކަމަށެވެ. ޤައުމީ ހަރަކާތުން ހިންގަމުންގެންދާ ހަރަކާތްތަކުގެ ސަބަބުން އަދި ސަރުކާރަށްވެސް އުނދަގޫތަކެއް ކުރިމަތިވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ވާހަކަފުޅުގައި ސީދާ ގޮތެއްގައި ޤައުމީ ހަރަކާތުގައި ޕީޕީއެމް އިން ބައިވެރިވެފައެއް ނުވެއެވެ. އެގޮތުންޕީޕީއެމްގެ ނައިބްލީޑަރ އުމަރު ނަސީރު އެހަރަކާތުގައި ބައިވެރިވެފައިވަނީ އަމިއްލަ ހައިސިއްޔަތުން ކަންވެސް ޔާމީން ފާހަގަކުރެއްވިވެ.

އިންޑިއާ އާއި ރާއްޖެއާ ނުވަތަ ދެ ގައުމުގެ ދޭދޭ ފަރުދުންނާ މައްސަލަ ޖެހޭ ހިސާބަށް ކަންތައް ދުއްވާލީމާ އޭގެ ނުރަނގަޅު އަސަރު ރާއްޖެއަށް ކުރާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ކަމަށާއި، އިންޑިއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުމަށް ބުރުލެއްއަރައިފިނަމަ އެކަން ދިމާވެފައިވަނީ ޤައުމީ ހަރަކަތުގެ ސަބަބުންކަމަށް ޔާމީން ވިދާޅުވިއެވެ.

“އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް. އެކަން އެގޮތަށް ކުރާކަށް ނުޖެހޭނެ. އެއާޕޯޓް އަތުލީ ހުރިހާ ޕާޓީތަކުން ސަރުކާރުގައި ދަންނަވައިގެން ސަރުކާރުން އެކަން ކުރައްވަން ނިންމެވުމުން. އެއީކީ ގައުމީ ހަރަކާތުން ސަރުކާރަށް ޕްރެޝަރުކޮށްގެން ނިންމި ކަމެއް ނޫން.” އބްދުﷲ ޔާމިން ވިދާޅުވި އެވެ.

ޔާމީން ވަނީ ސަރުކާރުގައި ހިމެނޭ އިއްތިހާދުން ސަރުކާރަށް ޕްރެޝަރ ކުރުމަށް ޤައުމީ ހަރަކާތުގެ ގޮތުގައި ހިންގާ ހަރަކާތްތަކަކީ ޒިންމާދާރުކަން ކުޑަ ހަރަކާތްތަކެއް ކަމަށް ސިފަކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ޤައުމީ ހަރަކާތުން ހިންގާ ހަރަކާތްތަކުގެ ސަބަބުން ނަތީޖާ އެއްވެސް ވަރަކަށް ރަނގަޅުވާނެ ކަމަކަށް ޤަބޫލު ނުކުރަށްވާ ކަމަށްވެސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ފަހުގެ