ބަސާއިން ލީގު ފޫހިކޮށްލުވައިފި– އ.މެޑްރިޑު ކޯޗު

ބާސެލޯނާ އިން ލަލީގާ މުޅިން ފޫހިކޮށްލުވައިފިކަމަށް އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއޭގޯ ސައިމަން ބުނެފިއެވެ.

ރޭ ލަލީގާގައި ބާސެލޯނާއާއި ކުޅެގެން 4-1 އިން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ސައިމަން ބުނީ ބާސެލޯނާއަކީ މުޅިން ތަފާތު ލީގެއްގައި ފުޓްބޯޅަ ކުޅޭ ޓީމެއްކަމަށާއި އެޓީމުގެ ސަބަބުން ލަލީގާގެ ތަށި ހޯދުމުގެ ރޭސް މުޅިން ފޫހި ވެއްޖެކަމަށެވެ.

“އަހަރެމެން ޓީމަކީ ވަރުގަދަ ޓީމެއް. އަހަރެމެންނަށް އިނގޭ ފުޓްބޯޅަ ކުޅެން. އަހަރެމެންގެ ހުރިހާ ހަތިޔާރެއް ބޭނުންކޮށްގެން މިއަދާ ހަމަޔަށް މިމަސައްކަތް ކުރީ ލީގު ކާމިޔާބު ކުރުމަށް. މިރޭ އަހަރެމެން މިބަލިވީ މުޅިން ތަފާތު ލީގެއްގައި ފުޓްބޯޅަ ކުޅޭ ޓީމެއްގެ އަތުން. ބާސާއިން މުޅި ލީގު ފޫހިކޮށްލުވައިފި” ސައިމަން ބުންޏެވެ.

ލަލީގާ ޓޭބަލްގެ ދެވަނާއި އޮތް އެތްލެޓިކޯ މެޑްރިޑާއި 9 ޕޮއިންޓު ފަރަގަކާއި އެކު އެއްވަނާގައި އޮތް ބާސާ ރޭ ކުޅުނު މެޗުގައި ބާސާއަށް ލިއޮނަލް މެސީ ވަނީ ދެލަނޑު ޖެހިއިރު ސާރޖިއޯ ބުސްކެޓްސް އަދި އެޑްރިއާނޯ ވަނީ ލަނޑު ޖަހާފައެވެ. އ.މެޑްރިޑުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ރަޑަމެލް ފަލްކާއޯއެވެ.

ފަހުގެ