އެމްވީ ޓްވިސްޓްލްގެ މިއަހަރުގެ ޗެމްޕިއަންކަމަށް ރޫމް ސާވިސް!!

ޓްވިޓަރ ބޭނުންކުރާ ދިވެހި ޒުވާނުންގެ މެދުގައި މިރޭ ބޭއްވި އެމްވީ ޓްވިޓްސަލް (mvtwits4l) ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރޫމް ސާވިސް (@roomservicemv) އިން ކާމިއާބުކޮށްފި އެވެ.

 ޕެސްޓް އެކްސް އާއި (#pestex) ފައިނަލުގައި ބައްދަލުކޮށްގެން ރޫމް ސާވިސް  މެޗު ކާމިއާބުކޮށްފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ.

 

ހަތަރު އަހަރުވަންދެން ކާމިއާބު ކަމާއެކު ކުރިއަށް ގެންގޮސްފައިވާ މި މުބާރާތުގެ އޯގަނައިޒިން ޓީމުން ބުނެފައިވަނީ އަންނަ އަހަރުވެސް މިފަދަ މުބާރާތެއް ބޭއްވުމަށް އުންމީދު ކުރާކަމަށެވެ. މިއަހަރުގ މުބާރާތުގެ މެއިން ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވިސް އެވެ. އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްވީ ޓްވިސްޓަލް އާއި އެކު ފުރިހަމަ މުބާރާތެއް ކުރިއަށް ގެންދެވިފައިވާ ކަމަށެވެ.

 

މި މުބާރާތަކީ ޓްވިޓާގައި އުޅޭ ޒުވާނުންގެ މެދުގައި އަމިއްލައަށް ރާވައި އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ. މިރޭ ފަށާ މުބާރާތުގައި ހަޓީމުން ވާދަކުރި އެވެ. ވޭތުވެދިޔަ ތިން އަހަރުގައިވެސް މި މުބާރާތްވަނީ ބާއްވާފަ އެވެ. މިއީ ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި މުބާރާތެވެ.

މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރަކީ ބޭންކް އޮފް މޯލްޑިވިސްއެވެ. މި މުބާރާތަކީ ސީހައުސް، އޮކްސިޖެން ކެފޭފަދަ ސޯޝަލްމީޑިއާ ތަކުގައި މާކެޓްކުރާ ވިޔަފާރިތަކުން މިމުބާރާތަށް ބޮޑު ސަމާލުކަމެއް ހޯދާފައިވާ މުބާރާތެކެވެ.

މުޅި މުބާރާތުގެ ލައިވްކަވަރޭޖް އެމްވީ ޓްވިސްޓަލްސް އިން ވަނީ ޓްވިޓަރ މެދުވެރިކޮށް ގެނެސްދީފަ  އެވެ.

ކިޔުންތެރިންގެ ހިޔާލު