ރިއާސީ އިންތިހާބުގައި ރައީސް މައުމޫނު އެއްބުރުން ބަލިކުރާނަން: ރައީސް ނަޝީދު

ރައީސްމައުމޫނާއި ރިއާސީ އިންތިހާބުގައި ވާދަކުރައްވައިގެން އެއްބުރުން ބަލިކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ “ދަ ހިންދޫ” ނޫހަށް މައުމޫނު ދެއްވާފައިވާ އިންޓަވިއުއަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ނުކުމެތިބީ ރާއްޖެ ތަރައްގީ ކުރަންކަމަށާއި، އެމްޑީޕީގެ މަސައްކަތައް ހުރަސް އެޅުމަށް 30 އަހަރުގެ ވެރިކަން ހިންގެވި ރައީސް މައުމޫނު އަބްދުލްގައްޔޫމް އަނެއްކާވެސް އެނބުރި އެބަ ވަޑައިގަންނަވާ ކަމަށެވެ. ރައީސްމައުމޫނާއި ރިއާސީ އިންތިހާބުގައި ވާދަކުރައްވައިގެން އެއްބުރުން ބަލިކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

“ވަޑައިންނަވާ އަޅުގަނޑުމެން ބަލި ކުރާނަން. އެއްބުރުން ބަލިކުރާނަން. ވަޑައިންނަވާ. ވަޑައިންނަވާ. ވަޑައިންނަވާ.” އެމްޑީޕީ ވައުދުގެ ދަތުރުގައި ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާވެސް ރައީސް ނަޝީދު ވަނީ ޝަރުއީ ނަޒާމަށްވެސް ފާޑުވިދާޅުވެފަ އެވެ. “ރަނގަ ހުއްޓާ ހުކުމް އަޅަނީ. އެކަހަލަ ކޯޓުތަކަށް އަޅުގަނޑުމެން މިކިޔަނީ ދެލޯކަނު ގުއިކޯޓޭ. މިރައްޖޭގައި އެނޫން ކޯޓެއް އޮތްތަނެއް ނުފެނޭ.”

ދަ ހިންދޫއަށް މިއަދު ދެއްވި އިންޓަވިއުގައި ރައީސް މައުމޫން ވަނީ ޚުދު އެމަނިކުފާނު ވެސް ރައީސްކަމަށް ކުރިމަތި ލައްވައިފާނެ ކަމަށް ދޭހަވާ އިބާރާތަކުން ވާހަކަ ދައްކަވައިފައެވެ.

އިންޑިއާގެ “ދަ ހިންދޫއަށް” ރައީސް މައުމޫނު ދެއްވާފައިވާ އިންޓަވިއުގައި ވިދާޅުވެފައިވަނީ 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތިލެއްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށާއި އެއްްވެސް ފުރުސަތަކަށް ދޮރު ބަންދު ނުކުރައްވާ ކަމަށެވެ.

ސިއާސީ މައިދާނުން ދުރަށް ޖެހިވަޑައިގެންނެވީ ކަމަށް އަމިއްލަފުޅަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫނު “ދަ ހިންދޫ” އަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ. އަދި ވިދާޅުވީ ވަކި ސްޑޭންޑަކަށް ބަރޯސާނުވާނެ ކަމަށެވެ.

“ވެރިކަމަށް ކުރިމަތިލާނަމަ ކުރިމަތިލާނީ އެހެންމީހެއްގެ އެދުމަކަށް ނޫން. އަމިއްލަ އިހުތިޔާރުގައި ކުރިމަތިލާނީ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އަޅުގަނޑު ގައުމަށް 30 އަހަރުވާންދެން ހިދުމަތްކުރިން. އެކަމާ މެދު ގޮތެއް ނިންމުން މިހާރު އޮތީ އެހެންމީހުންގެ އަތްމަތީގައި.” މައުމޫނު ވިދާޅުވި އެވެ.

ފަހުގެ