ފާދިރީ ރަވީ ސަންކަރުގެ ހަގީގަތް ދިވެހިބަހުން ދިވެހިންނަށް!!

ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު ދާދިފަހުން އެ މީހެއްގެ ޝަރަފުގައި ކުލަގަދަ ހަފްލާއެއް ބޭއްވި ރަވީ ޝަންކަރް ނުވަތަ އާންމުކޮށް ކިޔާނަމުންނަމަ ސިރި ސިރި ރަވީ ޝަންކަރަކީ ކާކުކަން ދިވެހިންނަށް އެނގުމަކީ މުހިންމު ކަމެކެވެ.

މިހާރު އުމުރުން 56 އަހަރުގެ ރަވީ ސަންކަރު އުފަންވެފައިވަނީ 1956 ވަނަ އަހަރުގެ މޭމަހުގެ 13 ވަނަ ދުވަހު އެވެ.

އިންޑިއާގެ ބެންގަލޫރުގައި ގާއިމްވެފައިވާ “އާޓް އޮފް ލިވިން” ފައުންޑޭޝަނުގެ ރޫހާނީ ލީޑަރު އަދި މަސްއޫލުވެރިއަކީވެސް ރަވީ ސަންކަރެވެ. “އާޓް އޮފް ލިވިން” ފައުންޑޭޝަނަކީ، ދިރިއުޅުމުގެ އެކި އެކި އުނދަގޫތަށް ދިމާވެފައިވާ މީހުންނަށް ހައްލު ހޯދައިދިނުމުގެ ނަމުގައި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ނުސީދާގޮތުގައި މީހުން ބުދުދީނަށް އަހުލުވެރިވާފަދަ ގޮތްތަކަށް މެސެޖުތަށްދީ އެހެން ދީންތަކުގެ މީހުން ބުދު ދީނަށް  ވެއްދުމަށް މަޝްހޫރު ބައެކެވެ.

ދުނިޔޭގެ 140 އަށް ވުރެ ގިނަ ގައުމުގައި ރަވީ ސަންކަރުގެ “އާޓް އޮފް ލިވިން” ފައުންޑޭޝަން އެކުލަވާލާފައިވާއިރު، އެތަންތަނަކީ އެ ގައުމުތަކުގައި ބުދުދީނަށް މީހުން ބަދަލުކުރުމުގައި އެންމެ މައިރޯލު އަދާކުރާ މަރުކަޒުތަކެވެ.

ރަވީ ސަންކަރަށް “ޕަންޑިތެއް” ގެ ޝަރަފް ދީފައިވަނީ 1990 ވަނަ އަހަރުގެ ތެރޭގަ އެވެ. މި ޝަރަފަކީ ބުދު ދީނުގެ މީހަކަށް ލިބޭ އެންމެ މަތީ ޝަރަފުގެ ތެރެއިން ހިމެނޭ ޝަރަފެކެވެ. 1990 ގެ އަހަރުތަކުގެ ތެރޭގައި އޭނާއަށް “ޕަންޑިތު ރަވީ ޝަންކަރު” މިނަމުން ގޮވާ އުޅުނުކަމުގައިވިއަސް ފަހުން އޭނާ ވަނީ އޭނާގެ ނަން “ސިރި ސިރި ރަވީ ސަންކަރު” މިނަމަށް ބަދަލުކޮށްފަ އެވެ. ބުދުދީނުގެ މީހުންގެ އެންމެ މާތް ބަސްކަމުގައިވާ ސަންސްކްރިޓް ބަހުން “ސިރި” މި ބަހުގެ މާނަ އަކީ މާތްކަމެވެ. މިހެންކަމުން ސިރި ސިރި ދެފަހަރު ތަކުރާރުވެއްޖެ ނަމަ އެންމެ މާތް ކަމަށް ދޭހަވެ އެވެ.

ރަވީ ސަންކަރު އެންމެ ފުރަތަމަ ދުނިޔޭގެ ސަމާލުކަން ހޯދާފައިވަނީ 1980 ވަނަ އަހަރު ތެރޭގައި އޭނާ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއަ ރޫހާނީ އަދި މާއްދީ ކަސްރަތުތަކެއް އެކުލެވޭ ކޯހެއްކަމަށްބުނެ ކުރިއަށް ގެންދިއަ ކޯސްތަކެއްގެ ސަބަބުންނެވެ. ސަންކަރު ބުނާގޮތުން ވަކި މިއުޒިކަކާއި އެއްވަރަށް ނޭވާލުން ފަދަ ކަންތައްތައް ހިމެނޭ މި ކޯސް އޭނާއަށް ދަސްވެފައިވަނީ އެއްވެސް މީހެއްގެ އެހީއަކާއި ނުލައި ރޫހާނީ ގޮތުންކަމަށެވެ. އިންޑިއާގެ ބައެއް ޕްރައިވެޓް ސްކޫލުތަކުގައި ރަވީ ސަންކަރުގެ ކޯސް ފުރިހަމަކުރުމަށް މަޖުބޫރު ކޮށްފައިވާއިރު، އާންމުގޮތެއްގައި މިފަދަ ކޯހެއްގެ އަގު އުޅެނީ 200 އެމެރިކާ ޑޮލަރާއި 700 އެމެރިކާ ޑޮލަރާއި ދެމެދުގަ އެވެ. މިހެންކަމުން އޭނާ މި ކޯސްތައް ހިންގަނީ ފައިސާގެ ދަހިވެތިކަމުގައި ކަމަށްބުނެ އިންޑިއާގެ ބައެއް ދަރިވަރުން މައްސަލަ ޖައްސާފައިވާކަންވެސް ފާހަގަކޮށްލެވެ އެވެ.

ޕްރައިވެޓް ސްކޫލްތަކުގައި ރަވީސަންކަރުގެ ކޯސް ހިންގުމަށް މަޖުބޫރު ކުރަމުންދާއިރު، ސަރުކާރުގެ ހުރިހާ ސްކޫލެއް ޕްރައިވަޓައިޒް ކުރަން ޖެހޭކަމަށް ބުނެ ރަވީ ސަންކަރު ވާހަކަ ދެއްކުމާއި ގުޅިގެން އިންޑިއާގެ އެތައްލައްކަ ބަޔަކުވަނީ 2012 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ރަވީ ސަންކަރާއި ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއްވެސް ކޮށްފައިވެ އެވެ.

ދުނިޔޭގައި ބުދުދީން ފެތުރުމަށް ބޭނުންކުރާ “އާޓް އޮފް ލިވިން” ފައުންޑޭޝަން ހިނގުމަށް ފައިސާ ހޯދައި އުޅެނީ އިސްވެ ދެންނެވުނު ފަދަ ގޮތްގޮތުންނެވެ.

ދިވެހި ބައެއް ނޫސްތަކުގައި ދިވެހިންނަށް  އޮޅުވާލުމުގެ ނިޔަތުގައި ރަވީ ސަންކަރަކީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހެއް ކަމުގައި ލިޔެފައި އޮތްކަމުގައިވިއަސް ހަގީގަތުގައި މުސްލިމުންނަށް ޒާކިރު ނައިކަށް ދެވިފައިވާ ޝަރަފު ބުދު ދީނުގެ މީހުންގެ ހިތްތަކުގައި ރަވީ ޝަންކަރަށް ވަނީ ދީފަ އެވެ. މަޝްހޫރު ވިކިޕީޑިއާގައިވެސް ރަވީ ޝަންކަރު ސިފަ ކޮށްފައިވަނީ “spiritual leader”  ނުވަތަ “ރޫހާނީ ލީޑަރު” ގެ ގޮތުގަ އެވެ.

ރަވީ ސަންކަރަކީ އިންޑިއާގައި ފާލުބެލުމާއި ސިހުރު ހެދުމަށްވެސް މަޝްހޫރު މީހެކެވެ. މީގެ އިތުރުން މީނާ އަކީ އޭނާ އަޅުކަން ކުރާ ކަލާންގެއާއި ވައްތަރުކަށްވެސް ދައުވާކުރާ މީހެކެެވެ.

2006 ވަނަ އަހަރު ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ރަވީ ސަންކަރާއި ޒާކިރު ނައިކު ކުރި ބަހުސްގައި ވަރަށް ފުރިހަމަ ގޮތަކަށް ރަވީ ސަންކަރު ބަލިވުމުންވެސް އޭނާ ވަނީ އޭނާގެ ބަލި ގަބޫލުނުކޮށް ޒާކިރު ނައިކަށް ތަފާތު ފޯރަމްތަކުގައި މަލާމާތްކޮށްފަ އެވެ. ތިރީގައި މިވަނީ ޒާކިރު ނައިކާއި ރަވީ ސަންކަރާއި ކުރި ބަހުސާއި ބެހޭގޮތުން ރަވީ ސަންކަރު ދީފައިވާ އިންޓަވިއު އެކެވެ. މި އިންޓަވިއުގައިވެސް ޒާކިރު ނައިކަށް ފާޑުކިޔާފައިވެ އެވެ.

ރަވީ ސަންކަރު ކުލާހެއް ހިންގަނީ
ދީނީ ފޯރަމެއްގައި ރަވީ ސަންކަރު ވާހަކަ ދައްކަނީ

 

ފަހުގެ