އަފްރާޝީމް މަރާލި ރަހުމްކުޑަ އަމަލަކީ ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ ބަޔަކު ހިންގި އަމަލެއް – ޕޮލިސް ކޮމިޝަނަރ

އަފްރާޝީމް މަރާލި ރަހުމްކުޑަ އަމަލަކީ ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ ބަޔަކު ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޕޮލިސް ކޮމިޝަނަރ އަބދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ. މިދިޔަ އޮކްޓޯމްބަރު ދެވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ހ. ފުންވިލުގޭގެ ސިޑިކައިރީގައި ގައިގެ އެތައް މިތަނަށް ހަމަލާދީ އަވަހާރަކޮށްލާފައި ވަނިކޮށް ފެނުނު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ ހ.ލޮބީހުސެން ހުމާމް އަދި އަލީ ޝާންގެ އިތުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކުވެސް ބައިވެރިވެގެން ކަމަށް ކޮމިޝަނަރ މައުލޫމާތު ދެއްވިއެވެ.

މިމައްސަލާގައި ފުލުހުން ތުހުމަތުކުރާ ހުމާމަކީ ކުދަހެންވޭރު ގުރޫޕަށް ނިސްބަތްވާ، މީގެ ކުރިންވެސް މޯލްޑިވެސ ޕޮލިސް ސާރވިސްގައި މީހަކު މަރާލި ކަމުގެ ކުށުގެ ރެކޯރޑްވެސް އޮންނަ ފަރާތެކެވެ.

ވިޔަފާރިވެރިން އަދި ސިޔާސީ ފަރާތްތައް އެ މަރުގެ އަޑީގައި ތިބި ކަމަށް ތަހުގީގަށް އަންނަނީ އެނގެމުން ކަށާއި، މިހާރު މިދަނީ އެކަމަށް ފަންޑް ކުރި ބަޔަކު ހޯދަމުން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. އަފްރާޝީމް މަރާލާފައިވަނީ ހަތަރު މިލިއަން ރުފިޔާ ދޭން ބުނެގެން  ކަމަށް މިހާތަނަށް ތަހުޤީގަށް އެނގިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ. މިކަމަށް ފަންޑު ކުރި މީހުން ހޯދުމުގެ މަސައްކަތުގެ ދަށުން ދެމީހަކު ހައްޔަރުކުރެވި ތަހުޤީގް ކުރެވެމުންދާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

މިއީ ދުރާލާ ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށާއި މިކަގައި އަމަލީ ގޮތުން ދެ މީހަކު ބައިވެރިވެފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. މިއަދު ނޫސްވރެރިންނަށް މައުލޫމާތު ދެއްވުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައި ނޫސްވރިންނަށް މައުލޫމާތު ދެއްވަމުން ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒު ވިދާޅުވީ މިމައްސަލާގައި ހިމެނޭ 18 އަހަރުގެ ކުއްޖާ މިއަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވި ނަމަވެސް އޭނަގެ އިންވޯލްވްމަންޓްވެސް މިކަމުގައިވާ ކަމަށް ތަހުޤީގަށް ސާބިތުވާ ކަމަށެވެ. ރިޔާޒު ވިދާޅުވީ މިކަމަކީ ސިޔާސީ ކަމެއް ކަމަށާއި، ސިޔާސީ ގޮތުން މިހާކު މަރާލުމަކީ ވަރަށް ބޮޑު ކުށެއް ކަމަށެވެ.

އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގު މިސްލީޑްކުރަން [އޮޅުވާލުމަށް]ވެސް ބައެއް މީހުން މަސައްކަތްކޮށްފައިވާކަން ވަރަށް ބޮޑަށް ފާހަގަ ކުރަށްވަމުން ރިޔާޒު ވިދާޅުވީ މިތަހުޤީގަށް ބޮޑެތި ކުރިއެރުން ލިބިފައިވާ ކަމަށެވެ.

އަފްރާޝީމްގެ އަވަހާރަކޮށްލުން ރޭވުމުގައި ތިބި ބައެއް މީހުން ބޭރުގައި ތިބުންވެސް އެކަށީގެންވާ ކަމަށާއި، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުކުރެވެން އަދި ނެތް ކަމަށެވެ. އެކަމުގެ އަޑީގައި ތިބި އެންމެން ހައްޔަރު ނުކުރެވޭ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ. އަދި މައްސަލައާ ގުޅުން ހުރި އެއްވެސް ހެއްކެއް އާންމު ނުކުރާނެ ކަމަށާއި އެކަމާ ގުޅުން ހުރި ހެކިތައް މައްސަލައާ އެކު ފޮނުވާނީ ސީދާ ޕީޖީ އޮފީހަށް ކަމަށްވެސް ވިދާޅުވިއެވެ.

މިމައްސަލައަކީ އެންމެ ގިނަ އަދަދެއްގެ ފުލުހުން އެއްކަމަކަށް ބޭނުންކުރި ފުރަތަމަ ފަހަރު ކަމަށާއި، އެ މައްސަލައިގައި މިހާތަނަށް 11 މީހަކު ހައްޔަރުކޮށްފައިވާ އިރު 200 އަށް ވުރެ ގިނަ އެވިޑެންސްވަނީ އެނަލައިސް ކުރެވިފައި ކަމަށާއި ދައުވާ ކުރެވޭ ވަރަށް އެވިޑެންސް ލިބިފައިވާ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.  100 އަށް ވުރެ ގިނަ މީހުންނާ އިންޓަވިއުކުރެވިފައިވާ ކަމަށާއި،

ފަހުގެ