ގިނަ އަދަދެއްގެ ބަނގުރަލާއި ހަރުފަ ގެންގުޅުނު ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވަނީ ޖޭޕީގެ ސްޕޯކްސް ޕާރސަން މޫސާ ރަމީޒްގެ ދަރިފުޅު ފުރުޝާން ރަމީޒް

ގިނަ އަދަދެއްގެ ބަނގުރަލާއި ހަރުފަ ގެންގުޅުނު ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވަނީ ޖޭޕީގެ ސްޕޯކްސް ޕާރސަން މޫސާ ރަމީޒްގެ ދަރިފުޅު ފުރުޝާން ރަމީޒް

ގިނަ އަދަދެއްގެ ބަނގުރަލާއި ހަރުފަ ގެންގުޅުނު ކަމަށް ބުނެ ފުލުހުން ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޕޯކްސް ޕާރސަން މޫސާ ރަމީޒްގެ ދަރިފުޅު ފުރުޝާން ރަމީޒް ކަމަށް އިތުބާރު ހުރި ފަރާތަކުން ޓައިމްސްއަށް މައުލޫމާތު ދީފިއެވެ.

މިދިޔަ ނޮވެމްބަރ 26 ވަނަ ދުވަހުގެރޭ ފުލުހުން ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާރސަން މޫސާ ރަމީޒްގެ ދަރިފުޅު ކަމަށާއި، މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު 23 އަހަރުގެ ފިރިހެން މީހާއަކީ ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާ މީހެއްކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައިވާ 23 އަހަރުގެ މިޒުވާނާއަކީ ފުރުޝާން ރަމީޒްކަން އެފަރާތަކުން ޓައިމްސް އަށް ވަނީ ކަށަވަރު ކޮށްދީފައެވެ.

މާލޭ ގެއެއްގެ ތެރެއިން ގިނަ ޢަދަދެއްގެ ބަނގުރަލާއި 2 ހަރުފައާއި ނަންނު ގައްޗެއް ހޯދައި، 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ފުލުހުން މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ މައުލޫމާތު ޢާންމު ނުކުރީ ވަކި ފަރާތެއްގެ މަސްލަހަތު ހިމާޔަތް ކުރަން ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެއީ ޖުމްހޫރީ ޕާޓީއަކީ މިހާރު ސަރުކާރުގެ ކޯލިޝަން ޕާޓީގެ ގޮތުގައި އޮންނަ ޕާޓީ އަކަށްވެފައި މޫސާ ރަމީޒްއަކީ އެޕާޓީގެ ނުފޫޒް ގަދަ ފަރާތަކަށް ވުމުން ފުލުހުންނަށް މިކަމުގައި ނުފޫޒް ފޯރުވާފައިވާ ކަމަށްވެސް ޓައިމްސް އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

ނަން ހާމަ ނުކުރުމަށް އެދި ޓައިމްސްއަށް މައުލޫމާތު ދެމުން އެފަރާތުން ބުނީ މޫސާ ރަމީޒްގެ ދަރިފުޅު ފުރުޝާން ރަމީޒް އަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތެއްކަން އެތައްފަހަރެއްގެ މަތިން އޭނަގެ ބައްޕަ މޫސާ ރަމީޒަށސްވެސް އެނގިފައިވާނެ ކަމަށެވެ.

މިމައްސަލާގައި 3 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މ. އަހިގަސްދޮށުގެ ކައިރިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި 3 މީހުން ބަލައިފާސްކުރިއިރު އެތަނުން 21 އަހަރުގެ މީހާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން ފިންލޭންޑިއާ ބްރޭންޑްގެ ބަނގުރާ ފުޅިއެއް ފެނިފައިވެއެވެ. އަދި އުމުރުން 23 އަހަރުގެ ދެމީހުންގެ ތެރެއިން އެކަކު ދިރިއުޅެމުންދާ މ. އަހިގަސްދޮށުގޭގެ 3 ފަންގިފިލާގެ ކޮޓަރި ބަލައިފާސްކުރިއިރު އެކޮޓަރި ތެރެއިން ފިންލޭންޑިއާ ބްރޭންޑްގެ 15 ފުޅި ބަނގުރަލާއި މިގުއެލް ބިއަރ ބްރޭންޑްގެ 24 ދަޅުގެ އިތުރުން ދިރޭ 2 ހަރުފައާއި ނަންނު ގައްޗެއް ފެނިފައިވެއެވެ.

ފަހުގެ