އައިއެފްސީގެ ނަޒަރުގައި ދިވެހި އެއާޕޯޓު ދުނިޔޭގެ ފެންވަރަށް ތަރައްގީކުރަން ޖެހެނީ ކީއްވެބާ؟

އެންޓި ކޮރޮޕްޝަން ކޮމިޝަނުން (އޭސީސީ) އިން ދެ އަހަރުދުވަސް ވަންދެން ފޮރުވާފައި އޮތް ރިޕޯޓު ލީކުވެގެން ދިޔައިރު އެއާއިއެކު އިތުރު ބައެއް އެހެން ޑޮކިއުމަންޓުތައްވެސް ވަނީ އަތްފޯރާ ފަށައް ވާސިލްވެފަ އެވެ.

އަތްފޯރާ ފަށުގައި ހުރި ޑޮކިއުމަންޓުތަކުގެ ތެރެއިން މިއަދު އެމްވީ ޓައިމްސްގެ ކިއުންތެރިންގެ އަތްފޯރާ ފަށައް ގެނެސް ދިނުމަށް މިއުޅެނީ އިންޓަނޭޝަނަލް ފައިނޭންޝިއަލް ކޯޕަރޭޝަން (އައިއެފްސީ) އިން ދިވެހިރާއްޖޭގައި އޮތް އެއާޕޯޓުގެ ހާލަތާއި، އެއާޕޯޓު ތަރައްގީކުރަންޖެހެނީ ކީއްވެކަން ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވާ ޕްރެޒެންޓޭޝަނުގެ ފުރަތަމަ ބައެވެ.

މިޕްރެޒެންޓޭޝަނުން އެމްވީޓައިމްސް އަށް އެންމެ ޝައުގުވެރި ބައެއްގެ ގޮތުގައި ފެނިފައިވަނީ އެއާޕޯޓުގެ އަދުގެ ހާލަތު މައްޗަށް އައިއެފްސީން އެކުލަވާލާފައިވާ ސްލައިޑްތަކެވެ. އެހެންކަމުން އެ ސްލައިޑްތަކުގައި ހިމެނޭ ބައެއް މައުލޫމާތު ހިއްސާ ކޮށްލާނަމެވެ.

އަދުގެ ހާލަތު:

  • ވިއްސާރަވެއްޖެނަމަ ސީޕްލޭން އޮޕަރޭޓެއް ނުކުރެވޭ. (ޕޭޖް 13)
  • އިންޓަނޭޝަނަލް ސިވިސް އޭވިއޭޝަން އޭގަނައިޒޭޝަން (އޭސީއޭއޯ) އާއި ސިވިލް އޭވިއޭޝަން ޑިޕާޓްމަންޓު (ސީއޭޑީ) ގެ ގަވާއިދަށް ނުފެތޭ. (ޕޭޖް 14)
  • ސީޕްލޭން ޖައްސާ ފަޅުގެ ސަރަހައްދު ސާފުކުރަން ޖެހިފައި (ޕޭޖް 15)
  • ޓާނިން ޕެޑްގައި ފެންބޮޑުވޭ (ޕޭޖް 15)
  • ޓާމިނަލުގެ ބޮޑުމިން ބައިނަލް އަގުވާމީ ފެންވަރަކަށް ނުފެތޭ (ޕޭޖް 16)
  • ޓާމިނަލް އަޅާފައި ހުރީ ރަންވޭއާއި މާބޮޑަށް ކައިރީގައި (ޕޭޖް 17)
  • ސީޕްލޭނަށް ބަސް އޮޕަރޭޓު ކުރަންޖެހޭ މިންވަރު އިތުރު ( ޕޭޖް 17)
  • ތިމާވެއްޓާއި މުޖުތަމައުއަށް ނުރައްކާވާ އެތައްމައްސަލައެއް އެބަހުރި (ޕޭޖް 18)
  • ކާގޯ ފެސިލިޓީ އަލުން އެކުލަވާލަން ޖެހިފައި (ޕޭޖް 19)

މީގެ އިތުރުން 2006 ވަނަ އަހަރުންފެށިގެން 2009 ވަނަ އަހަރާއި ހަމައަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ފެންވަރު ދުވަހުން ދުވަހަށް ދަށައް ގޮސްފައިވާކަންވެސް އައިއެފްސީގެ މި ޕްރެޒެންޓޭޝަން ކިއާލުމުންވެސް އެނގޭނެ އެވެ.

އައިއެފްސީގެ ޕްރެޒެންޓޭޝަން ޑައުންލޯޓު ކުރެއްވުމަށް:
Maldives Airport – (part 1) Transaction Structure Report

ފަހުގެ