ސީޝެލްސްގެ ނައިބު ރައީސްކަމަށް ދިވެއްސެއް

ސީޝެލްސްގެ ނައިބު ރައީސްކަމަށް ދިވެއްސެއް އައްޔަނުކޮށްފިއެވެ.

މިކަން ހިނގާފައިވަނީ، އިދިކޮޅު ލީޑަރު ވާވެލް ރަމްކަލަވަމް އެގައުމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އެގައުމުގެ ނާއިބު ރައީސްކަމުގެ މަގާމަށް އައްޑޫ ހިތަދޫ އެޅެދީދީގެ އަލީދީދީގެ އަބްދުﷲ އަފީފް ދީދީ އާއި ގަނޑަވަރި އަނީޝަތު އަލީ ދީދީގެ ދަރިކަލުން އަހުމަދު އަފީފް އެވެ.

އަހުމަދު އަފީފްއަކީ ކުރިން ދިވެހިރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅުން ސުވަދީބުގެ ނަމުގައި ދައުލަތެއް ހިންގިއިރު އެ ދައުލަތުގެ ވެރިކަން ކުރެއްވި އަބްދުﷲ އަފީފްގެ ދަރިކަލުންނެވެ.

ސުވަދީބުގެ ދައުލަތް ދެމި އޮތީ 1959 ވަނަ އަހަރުން 1963 ވަނަ އަހަރާއި ހަމައަށެވެ.

އަހުމަދު އަފީފް ވަނީ 2018 ވަނަ އަހަރު ސީޝެލްގެ މަޖިލީހުގެ ނައިބު ރައީސްއަކަށް ވެސް ހޮވިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު