ޓޫރިޒަމް މިނިސްޓްރީން ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ބަދުއަޚްލާޤީ މަންޒަރުތަކެއް ދައްކައިފި

ޓޫރިޒަމް މިނިސްޓްރީން ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ބަދުއަޚްލާޤީ މަންޒަރުތަކެއް ދެއްކި މައްސަލައެއް ފުލުހުން ތަހްޤީޤުކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ ވަޓްސްއަޕް ގްރޫޕުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ފުލުހުންވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް މިމައްސަލަ ބަލަމުން ދާކަން ފިޔަވައި ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ.
ދާދިފަހުން ވަނީ އެމިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރެއްވިކަމުގެ ތުހުމަތުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން ވަކިކުރައްވާފައެވެ. އަދި މިހާރުވަނީ އެމައްސަލަ ތަހްޤީޤުކޮށް ދަޢުވާކުރަންވެސް ފޮނުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު