އެންމެ ޒުވާން "ދިވެހި ޕޮލިޓީޝަން"

ރާއްޖޭގެ ސިޔާސީ މަސްރަޙުން މިޒަމާނުގެ ކުލަވަރު ފެންނަން ފެށީ ކުރީގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ސިޔާސީ ޙަޔާތްޕުޅު ފެށިގެންއައި ހިސާބުންކަމުގައި ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. އެމަނިކުފާނަކީ ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގެ ބާނީއެވެ. ވޯޓުލައިގެން ރައްޔޮތުންނާ ގުޅުންހުރި ކަންކަން ނިންމެވުމުގެ ވިސްނުން އިސްކުރެއްވި ޒަމާނީ ވިސްނުމުގެ ލީޑަރެކެވެ. އަންހެންކުދިންގެ ތަޢުލީމު ރާއްޖޭގައި ފުޅާކުރެއްވުންފަދަ އެތައް މުހިންމު ކަމެއް ފަށްޓަވައިދެއްވީ ރައީސް އަމީނެވެ.

މިއަދު ޒުވާނުންގެ ދުވަސް ފާހަގަކުރަމުންދާއިރު، ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ރާއްޖޭގެ ދުސްތޫރީ ޙުކޫމަތުގެ ފެށުންކަމަށް ބެލެވޭ 1932ގެ ފުރަތަމަ ޤާނޫނު އަސާސީއާ ހަމައިން ބަލާނަމަ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ޒުވާން ވަޒީރަކީވެސް އަދި މަޖިލިސް މެންބަރަކީވެސް ރައީސް އަމީނެވެ.

އެމަނިކުފާނުގެ ޢުމުރުފުޅުން އެންމެ 22 އަހަރުފުޅުގައި 22 ޑިސެމްބަރ 1932ގައި، ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަމާއި އޭރުގެ ވަޒީރުއްތިޖާރާކަން ނުވަތަ މިނިސްޓަރ އޮފް ޓްރޭޑްކަން ރައީސް އަމީން ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު