މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވީ 42 މީހުން

މިއަދު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވީ 42 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އެއީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 37 މީހަކާއި އަތޮޅުތަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 މީހެކެވެ. މީގެ ތެރެއިން 27މީހުންނަކީ ދިވެހިންނެވެ. އަދި 15 މީހުންނަކީ ބިދޭސީންނެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 11،358 މީހަކު ވަނީ ޕޮޒިވްވެފައެވެ. މިއަދު ބަލިން ރަނގަޅުވެފައި ވަނީ 99 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު