މިރޭގެ ޕޮޒިޓިވް ޢަދަދަކީ 32

މިއަދު އިރު އޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޮވިޑް-19އަށް އަލަށް ޕޮޒިޓިވްވީ 32 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

އަލަށް ޕޮޒިޓިވްވި 32 މީހުންގެތެރެއިން 27 މީހުންނަކީ ދިވެހިންނެވެ. އަދި 5 މީހުންނަކީ ބިދޭސީންނެވެ. މި 32 މީހުންގެ ތެރެއިން 21 މީހުން ޕޮޒިޓިވްވީ މާލެ ސަރަޙައްދުންނެވެ. އަނެއް 11 މީހުންނަކީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިށް-19 ޖެހުނު މީހުންގެ ޖުމުލަ ޢަދަދު މިވަނީ 11210 އަށް އަރާފައެވެ. މިވަގުތު ބަލިމީހުންގެ ގޮތުގައި ތިބީ 1002 މީހުންނެވެ. އޭގެތެރެއިން 348 މީހުންނަށް އައިސޮލެޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު، 39 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދެއެވެ.

ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމުލަ ޢަދަދު މިހާރުވަނީ 10164އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު