މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވީ 24 މީހުން

މިއަދު އިރުއޮއްސި 6:00އާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެތެރޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 24 މީހުންކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

މިމުއްދަތުގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 102 މީހުން ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ. އެއެޖެންސީގެ ތަފާސްހިސާބަށް ބަލާއިރު އަލަށް ޕޮޒިޓިވްވީ 20 ދިވެހިންނާއި 4 ބިދޭސީންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 11178އަށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި 1138މީހުން އެބަތިއްބެވެ. އޭގެތެރެއިން 369 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދެއެވެ. އަދި 43މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު