މިހާރު ވިޔަފާރިތައް ބަންދުކުރަން ޖެހެނީ 22:30ގައި

ފޮޓޯ އިޝާން / އަންސްޕްލޭޝް

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލުގެނެސްފިއެވެ.

އެގޮތުން މިހާރު ބޭރަށް ނުކުމެ އުޅުން މަނާކަމަށް ކަނޑައަޅާފައިވާ ވަގުތާއި ވިޔަފާރިތައް ބަންދުކުރަންޖެހޭކަމަށް ކަނޑައަޅާފައިވާ ވަގުތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

ހެލްރު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޯވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ގެނައި ބަދަލުގެ ތެރޭގައި މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކަމަށް ކަނޑައަޅާފައިވާކަމަށެވެ. ކުރިން އޮތީ ރޭގަނޑު 10:00އިން ފެށިގެން ފަތިހު 5:00އަށް ބޭރަށް ނުކުތުމާއި ދުއްވާ އެއްޗެހި ދުއްވުން މަނާކޮށްފައެވެ. 

މީގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތާގެ ހިދުމަތްތައްވެސް ރޭގަނޑު 10:30 އިން ފެށިގެން ފަތިހު 4:00 އަށް ހުއްޓައިލުމަށް މިހާރުވަނީ ކަނޑައަޅާފައެވެ. ކުރިން އޮތީ ރޭގަނޑު 9:30 އިން ފަތިހު 5:00 އަށް މަނާކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު

  1. ހާބުރި

    ބަލަގަ އެޗް.ޕީ.އޭ ހީކުރިނީ އެމީހުން ބުނާ ގަޑިއަށް ވިޔަފާރި ލައްޕާ ކަމަށްތަ؟ މިހާރުވެސް ބޯޑުގަ ބަންދު ޖަހާފަ ވިޔަފާރި ކުރާމީހުން ވިޔަފާރި ކުރޭ. އެޗް.ޕީ.އޭ އަކަށް ތަނެއް ދޮރާޓެއް ވަކެތް ނުވޭ. ހެހެ.