ޕީޕީއެމްގެ މޮޓޯއަކީ އެންމެފުރަތަމަ ގައުމު: މައުމޫނު

ޕީޕީއެމްގެ މޮޓޯއަކީ އެންމެފުރަތަމަ ގައުމު ކަމުގައި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ހެނދުނު ޕީޕީއެމްގެ އައު އޮފީސް ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ، ޕީޕީއެމް އަކީ އަބަދުވެސް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ޕާޓީއެއްކަމަށާއި، ޕީޕީއެމްގެ މޮޓީ އަކީ “އެންމެ ފުރަތަމަ ގައުމު” ކަމަށެވެ.

“ޕީޕީއެމް އަކީ އަބަދުވެސް ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ޕާޓީއެއްކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާތީވެ. އެންމެ ފުރަތަމަ ގައުމު މިއީ އަޅުގަނޑުމެންގެ މޮޓޯ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުރަމުން ގެންދާނީ އިރާދަކުރެއްވިއްޔާ އެ މޮޓޯގައިވާ ގޮތުގެ މަތިންކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާ. އެހެންވީމަ ދިވެހި ރައްޔިތުންގެ ތާއީދު އަޅުގަނޑުމެންނަށް އޮހެމުން އެދަނީ،” މައުމޫން ވިދާޅުވި އެވެ.

އަދި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީސް ހުޅުވާފައިވަނީ ކުރިން ޑީއާރުޕީގެ އޮފީސް ހިނގި ހ. ތެމާ އިމާރާތުގެ އެޕާޓުމަންޓުގަ އެވެ.

ފަހުގެ