އިތުރު 41 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

މިއަދު އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ 41 މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައިފިއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 34 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 7 މީހެކެވެ. އެއީ 37 ދިވެހިންނާއި 4 ބިދޭސީންނެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 11154އަށް އަރާފައެވެ.

މިވަގުތު ކޮވިޑް-19ގެ ބަލިމީހުންގެ ގޮތުގައި ރާއްޖޭގައި ތިބީ 1117 މީހުންނެވެ. އޭގެތެރެއިން 384 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދެއެވެ. އަދި 49 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު