އަލީ ރަމީޒުގެ ރެކޯޑު މުގުރާލީ ސައްހަކޮށް ދެން މިކަން ގަބޫލުކޮށްލާ!

"ސިމްބޮލިކް ރެކޯޑްސް" އޭ ބުނުމުން އެއީ ކޮންބައެއްކަން "ނޭގޭ" ބުނާ މީހުންވެސް ތިބެއެވެ. ނަމަވެސް "ރީތިކުދިން" "ޕާޓޭ" "ހުއްޓާ" ފަދަ ލަވަތަކަކީ ދިވެހިންގެ ކަންފަތުގައި ހަރުލީލީލުން ނުނެއްޓުނު ލަވަތަކެކެވެ.

"ސިމްބޮލިކް ރެކޯޑްސް" އިން ހޯދަމުން ގެންދިޔަ ކާމިޔާބީތަކާއެކު އެ ބޭންޑުގެ އަގު ވައްޓާލުމަށް މީޑިއާގައި ފަތުރަމުން ގެންދިޔަ ހަބަރުތަކުގައި ގިނައަދަދެއްގެ ކޮޕީލަވަ ކިޔާފައިވާ "އަލީރަމީޒުގެ ރެކޯޑު" މުގުރާލުމުން އެއީ "ބޮޓް" ބޭނުންކޮށްގެން ކުރިކަމެއްކަމަށް ބުނެފައިވެއެވެ. އެ ހަބަރުގެ ސައްހަކަން ގެއްލުވާލީ ލަވަފޮށިން ރޭ މެންދަމު ކުއްލިއަކަށް ނެރުނު ނޫސްބަޔާނަކުންނެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ "ދޯ" ކިޔާބަޔަކު ނެރުނު ހަބަރުގައި ބުނާފަދަ އޮޅުވާލުމާ މަކަރުހެދުމުގެ އެއްވެސް އަމަލެއް ހިންގާފައިނުވާކަމަށެވެ.

"މިވީތަނަށް ސިމްބޮލިކް ރެކޯޑްސްގެ ލަވަތަކުގެ ކައުންޓު ގިނަވެގެން އެއީ އޮޅުވާލުމުން ކޮށްފައިވާކަމެއްކަން ދޭހަވާގޮތައް އެއްވެސް ތުހުމަތެއްވެސް ކުރެވިފފައެއް ނުވޭ،" ލަވަފޮށިން ރޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާގުޅިގެން އެމްވީޓައިމްސްއާ ވާހަކަ ދައްކަމުން ސިމްބޮލިކް ރެކޯޑްސްގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މުހައްމަދު، (އޭޑީ) ބުނީ ސިމްބޮލިކް ރެކޯޑްސްގެ ލަވައިގެ ކައުންޓު ގިނަކުރަން ބޮޓް ބޭނުންކުރަން ނުޖެހޭނެކަމަށެވެ. އެގޮތުން ޔޫޓިއިބުގައި ހަ މިލިއަން ޕްލޭ އަދި ސައުންޑު ކުލައުޑްގައި 15 މިލިއަން ޕްލޭ އެބަހުރިކަމަށް އޭޑީ ބުންޏެވެ.

"ދެން ލަވައެއް ރިލީޒްކުރިއަސް ރާޢްޖޭގެ އެއްވަނައަށް ދާނީ. އަހަރުމެން ކިހިނެއް ޔޫޓިއުބާ ސައުންޑްކުލައުޑްގެ ޕްލޭ އަދަދު ބަދަލުކޮށްލާނީ؟ ލަވަފޮށީގައިވެސް އަދި އެހެން ޕްލެޓްފޯމްތަކުގައި ވެސް ސިމްބޮލިކް ރެކޯޑްސް ބަލައިގަންނަނީ ސަޕޯޓަރުން. ސިމްބޮލިކް ރެކޯޑްސްގެ ލަވަތަކުގެ ޕްލޭ މަތިވަނީ ބޮޓް ބޭނުންކޮށްގެންކަމަށް ވަންޏާ ރާއްޖޭގަ ގިނަވާނީ ބޮޓުން،" -އޭޑީ-

 

އޭޑީ ބުނާގޮތުން ލަވަފޮށިފަދަ ޕްލެޓްފޯމްތަކުގެ ބޭނުން ގިނަިއން ހިފަނީ ޒުވާނުންކަމުން އެފަދަ ޕްލެޓްފޯމްތަކުގައި އިހުޒަމާނުގައި ވިދާލި ފަންނާނުންގެ ލަވަތަކަށް އޮތް ސަޕޯޓު ކުޑަވުމަކީ އެކަށީގެންވާކަމެއްކަމަށެެވެ.

"އަހަރުމެންގެ ފެންވަރެއް ނޫން އެއީ ބޮޓެއް ހެދުމަކީ، އެހެންވިއަސް ދެން ލަވައެއް ނެރުނަސް ހަމަ ރާއްޖޭގެ އެއްވަނައަށް އަންނާނެ" -އޭޑީ-

އަލީ ރަމީޒުގެ ލަވަތަކުގެ ރެކޯޑު ސިމްބޮލިކް ރެކޯޑްސް އިން މުގުރާލީ "ބޮޓެއް" ބޭނުންކޮށްގެންކަމަށް ބުނެ ފެތުރި ދޮގު ހަބަރާއެކު އަލީ ރަމީޒުގެ ހާޑްކޯ ފޭނުންނާއި، ސިމްބޮލިކް ރެކޯޑްސް އަށް "ޖޭ" ވާ މީހުންގެ ހިތައް ލިބުނު ފިނިކަން މިހަބަރާއެކު މިޖެހެނީ ފުލުސްޓޮޕް ޖަހާލާށެވެ.

ދެން ބުނެލަން އޮތީ "ހެޔޮހާލުގާ ކަލާ ތިހެން ހިނިތުން ވެފައި" ހުރެލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

  1. ހާބުރި

    ސިމްބޮލިކި ކުދިން ލަވަފޮށްޓައް ބިރު ދައްކާލީމަ ނެރުނު ބަޔާނެއް ތީ. ލަވަފޮށިންވެސް އިންޕްޓް ދީގެން ދޯގަ ލިޔެފަ އިން އާޓިކަލްއެއް ކަމަށް ގަބޫލު ކުރެވެނީ. އެހެންނޫންނަމަ އެހާ ތަފްސީލްކޮށް ބޮޑު ތުހުމަތެއް އަޅުވަން ދޯ އަކަށް ނުކެރޭނެ.

    ލަވަފޮށީގެ ރާގު ބަދަލުވީ ސިމްބޮލިކްގެ ކުދިން ކޮޅު ބިރުދެއްކުމުން. އައްޔަ ވަރެއް ހަމަ އަދިވެސްނެތް. ދެން ލަލަލަ.

    1
    1