ސޫރިޔާއަށް ދިޔަކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ހައްޔަރުކޮށްފި

ސޫރިޔާގައި ހަރަކާތްތެރިވި ދިވެހިންގެ ބައެއް

ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ ބައިވެރިވާން ދިޔަކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވަނީ ޓްވީޓުކުރައްވާފައެވެ.

ހަމީދު ވިދާޅުވެފައިވަނީ ހައްޔަރުކޮށްފައިވަނީ ޢުމުރުން 34 އަހަރުގެ މީހެއް ކަމަށެވެ. މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ހާބުރި

    ސޫރިޔާއާއި ސީރިޔާ މިއީ އެއްތަނެއްތަ؟ މިކަން ސާފުކޮށްދީބަލަ.