ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން މިނިސްޓަރ ޝާހިދު ޗައިނާ ސަފީރާ މަޝްވަރާކުރައްވައިފި

ކޮވިޑް-19 އަށްފަހު ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގއާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި ޗައިނާއާއެކު އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ ފޮރިން މިނިސްޓްރީއާއި ޗައިނާ އެމްބަސީގެ އިސް އޮފިޝަލުންވެސް ހިމެނޭ ގޮތަށް، މިއަދު މެންދުރުކުރި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައެވެ. މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުވެސް ބައިވެރިވެވަޑައޮގަތެވެ.

ޗައިނާއިން އަންނަނީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ޕެންޑެމިކްގެ ތެރޭގައިވެސް ޗައިނާ ސަރުކާރާ ކުންފުނިތަކުން ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު