އޮމަދޫ އިންޖީނުގޭގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ފަށައިފި

އދ. އޮމަދޫގައި އަލަށް ހަދާފައިވާ އިންޖީނުގޭގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

އެކުންފުނިން ބުނީ މިއީ ތެލަށް ކުރާ ހޭދަ ކުޑަކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރުޢެއްކަމަށެވެ. މި ސޯލާ ޕެނަލްތަކުން 40 ކިލޯވޮޓްގެ ހަކަތަ އުފެއްދޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯގެ އަމާޒަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، މިފަދަ އިތުރު މަޝްރުޢުތައް ހިންގައި، އިޢާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުރުންކަމަށް އެކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު