"އަތްތިލައިގައި އެބައޮތޭ މުޅި ސިއްޙަތާއި ސަލާމަތާ!" ހިތްގައިމު މުހިންމު މެސެޖެއް

މިއީ "އަތްތިލައިގައި އެބައޮތޭ މުޅި ސިއްޙަތާއި ސަލާމަތާ!" މިނަމުގައި ޔުނިސެފްގެ ރާއްޖޭގެ ގޮފިން ނެރެފައި ވާ ލަވައެކެވެ.

މަޝްހޫރު ޝާއިރު އާދަމް ނަޞީރު އިބްރާހީމްގެ ޅެމަކަށް ހަބޭސް ސްޓޫޑިއޯއިން އުފައްދާފައިވާ މިލަވަ ވަރަށް ހިތްގައިމެވެ. ޚާއްސަކޮށް ލަވއިގެން ޅެން މޮޅުވެފައި މާނައާއި ދޭހަވުން ފަސޭހައެވެ. ހިތަށް އަސަރުކުރާލެއް ބޮޑެވެ.

" ގިނަގިނައިން ފަރުވާތެރިކަމާއެކު ސައިބޯނި ލައިގެން އަތްދޮންނަ ނަމަ، #ކޯވިޑް19 އާއި އެހެނިހެން ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތައް ފެތުރުން ހުއްޓުވުމަށް އެހީތެރިވެދެއެވެ. ސާފު އަތްތައް ފުރާނަ ސަލާމަތްކޮށްދެއެވެ." މިލަވައާއެކު ޔުނިސެފްގެ ރާއްޖޭގެ ގޮފީގެ ރަސްމީ ފޭސްބުކް ޕޭޖުގައި ލިޔެފައިވެއެވެ. 

ކޮންމެއަކަސް "އަތްތިލައިގައި އެބައޮތޭ މުޅި ސިއްޙަތާއި ސަލާމަތާ!" މިއީ ވަރަށް ހިތްގައިމު ލަވައެކެވެ. އަޑުއަހާލަން މުހިންމު މެސެޖެކެވެ. އަދި އެއާ އެއްގޮތަށް ޢަމަލުކުރުން ލާމިޒު އިރުޝާދެކެވެ. 

 

ކިޔުންތެރިންގެ ހިޔާލު