އޭޑީކޭ ފާޚާނާގައި ހުރި "ހޭންޑް ޑްރެޔަރ" ވަގަށް ނަގައިފި

ޢއޭޑީކޭ ހޮސްޕިޓަލުގެ ޢާއްމު ފާޚާނާގައި ބަހައްޓާފައިހުރި "ހޭންޑް ޑްރެޔަރ" ނުވަތަ އަތް ހިއްކާ މެޝިން ވަގަށް ނަގައިފިއެވެ.

މިހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އޭޑީކޭއިންވަނީ ޓްވީޓުކޮށްފައެވެ. އަދި ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ މީހާ ދަބަހެއް އަޅުވައިގެން އޭޑީކޭގެ ފާޚާނާއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއްވެސް ޢާއްމުކޮށްފައިވެއެވެ.

މިވީޑިއޯއިން ފެންނަގޮތުގައި މިމީހާ ވައްކަންކޮށްފައިވަނީ މިއަދު ހަވީރު 5:50 އެހައިކަންހާއިރުއެވެ. އޭޑީކޭގެ ޢާއްމު ފާޚާނާބަރީގައި ދެ ޖިންސަށް ވަކިން ޚާއްސަކޮށްފައިވާ ދެފާޚާއަށްވެސް "ވަގު" ވަންނަ މަންޒަފު ފެނެއެވެ.

އެޑީކޭއިން ކޮށްފއިވާ ޓްވީޓުގައިވަނީ މިއީ ފާޚާނާކުރުމަށްފަހު އަތް ދޮވެ ސާފުކޮށް ރަނގަޅަށް ހިއްކުމަކީ މުހިންމުކަމަކަށްވާތީ ހޮސްޕިޓަލުގެ ޚިދުމަތް ހޯދާ ޢާއްމުންނަށް ފަސޭހައަކަށް ބެހެއްޓި މެޝިނެއްކަމަށެވެ.

މާލޭގެ ޢާއްމު ޚިދުމަތްދޭ ބައެއް ތަންތަނުގައި ބަހައްޓާފައި ހުންނަ ސެނިޓައިޒާ ފުޅިތަކާއި މިސްކިތްތަކުގައި ހުންނަ އަތްދޮންނަ ސައިބޯނި ފުޅިއާއި ސެނިޓައިޒަރ ފުޅި ވަގަށްނެގުން ފަހަކަށްއައިސް ވަނީ ޢާއްމުކަމަކަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު