އިތުރު 69 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 69 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އިއްޔެގެ އިރުއޮއްސި 6:00އިން މިރޭ އިރު އޮއްސި 6:00އާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެތެރޭގައި އަލަށް ޕޮޒިޓިވްވި 69 މީހުންގެ ތެރެއިން 29 މީހުންނަކީ ދިވެހިންނެވެ. އަދި 40 މީހުންނަކީ ބިދޭސީންނެވެ.

އޭގެތެރެއިން 63 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަޙައްދުންނެވެ. އަދި 6 މީހުން ޕޮޒިޓިވްވެފައިވަނީ އަތޮޅުތަކުންނެވެ. މިއާއެކު މިހާރު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 11062 އަށް އަރާފައެވެ.

މިވަގުތު 1140 މީހުން އެކްޓިވް ކޭސްތަކުގެ ގޮތުގައި އެބަތިއްބެވެ. އޭގެތެރެއިން 367 މީހުންނަށް އައިސޮލެޝަން ފެސިލިޓީތަކުގައި ފަރުވާދެމުން ދެއެވެ. އަދި 61 މީހަކަށް ހޮސްޕިތަލުތަކުގައި ފަރުވާދެމުން ދެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި ރާއްޖެއިން ވަނީ 1221 ސާމްޕަލް ކޮވިޑް-19އަށް ޓެސްޓުކުރުމަށްޓަކައި ނަގާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު