ކުރީގެ މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު – ފޮޓޯ: ޕީއެސްއެމް

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީވަޙީދުގެ މައްޗަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލަ ތަހްޤިގުކޮށް ދަޢުވާކުރަން ފޮނުވައިފިއެވެ.

މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ޢަލީ ވަހީދުގެ މައްޗަށް ހިންގި ތަހްޤީގު ނިންމައި ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަން ފުލުހުންވަނީ ހާމަކޮށްފައެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ޓޫރިޒަމް މިނިސްތަރުކަމުން އަލީ ވަަހީދު ވަކިކުރީ މިދިޔަ ޖުލައި މަހު ނުވަ ވަނަ ދުވަހުއެވެ. މި ތުހުމަތާއެކު ވަޒީރުކަމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޭނާއަށް އެންގެވިއެވެ. ވަޒީރުކަމުން ވަކިކުރެއްވީ އިސްތިއުފާ ނުދެއްވުމުންނެވެ.

ޢަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަ ފެންމަތިވީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އެކަން ރައީސުލްޖުމްހޫީރިއްޔާގެ ސަމާލުކަމަށް ގެންދިއުމުންނެވެ.

މި މައްސަލާގައި ޖުމުލަ 15 މީހެއްގެ ބަޔާން ފުލުހުންވަނީ ނަގާފައެވެ.އަދި މިދިޔަ ޖުލައި 12ވަނަ ދުވަހުން ފެށިގެން ޢަލީ ވަޙީދު ރާއްޖެއިންބޭރަށް ފުރުންވެސް އޮތީ މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު