ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށްފިނަމަ ޢާމްދަނީ އިތުރުކުރެވޭނެ - ހައިރައިސް އިއްސެ

ވިޔަފާރިތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށްފިނަމަ ޢާމްދަނީ އިތުރުކުރެވިދާނެކަމަށް ވިދާޅުވެ މަޝްހޫރި ވިޔަފާރިވެރިޔާ އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ) ވިޔަފާތިތައް ހުޅުވާ ގަޑި އިތުރުކުރުމަށް އެދިއްޖެއެވެ.

އިއްސެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރެސްޓޯރަންޓްތައް ރޭގަނޑު 11ޖަހާލަންދެން ހުޅުވިފައި ބެހެއްޓުމުގެ ފުރުސަތު ފަހިކޮށްދީ، ފިހާރަތައް 10.30 ވަރުވަންދެން ބެހެއްޓިއްޖެއްޔާ، އާމްދަނީ ހޯދުން އިތުރު ކުރެވިދާނެހެންހީވާކަމަށެވެ. އަދި އެޗްޕީއޭގެ މިންގަޑަށް ނުފެތޭ ތަންތަން އިސްލާހުކުރުމައް 48 ގަޑިއިރަށް ބަންދުކުރުމުގެ ބަދަލުގައި 24 ގަޑިއިރަށް އެމުއްދަތު ހެދުން ރަގަޅުހެންހީވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކޮވިޑް-19އާ ގުޅިގެން ޚާއްސަކޮށް މާލޭގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތަކަށް އިންތިހާއަށް ގެއްލުންވެ، ބައެއް ވިޔަފާރިތައް ބަނގުރޫޓުވަމުންދާކަން ވިޔަފާރިތަކުން ދަނީ ފާހަގަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ހާބުރި

    އިއްސެ މޮޔަ ވާހަކަ ނުދައްކާ ހުރޭ. ކޮންމެ ވަގުތަކު ފިހާރަ ހުޅުވާފަ ހުއްޓަސް އެސެންޝަލް ބޭނުންވާ ސާމަނު ގަންނާނެ. އިކޮނޮމިކް ކްރައިސިސްއެއްގަ ނޮން އެސެންޝަލް ސްޕެންޑިން ދައްވާނެ. 11 ޖަހާއިރު ކީއްކުރަން 24 ގަޑި އިރު ހުޅުވާފަ ހުއްޓަސް ތިބުނާ ވަރަކަށް ވިޔަފާރިއެއ ނުވާނެ.