އިތުރު 50 މީހަކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވް

ރާއްޖެއިން އިތުރު 50 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިރޭ އިރުއޮއްސި 6:00އާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އަލަށް ޕޮޒިޓިވްވި 50 މީހުންގެތެރެއިން 46 މީހުން ޕޮޒިޓިވްވެފައިވަނީ މަލެ ސަރަޙައްދުންނެވެ. އަދި 4 މީހުންނަކީ އަތޮޅުތަކުން ޕޮޒިޓިވްވި މީހުންނެވެ. އެއީ 48 ދިވެހިންނާއި 2 ބިދޭސީންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑްކ-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 10993 އަށް އަރާފައެވެ.

ކޮވިޑް-19ގެ ބަލިމީހުންގެ ގޮތުގައި 1118 މީހުން މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 384 މީހުންނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު، 67 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު