ރާއްޖެ - ޗައިނާ، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ކޮލިޓީ އެއްބަސްވުމެއް - ޗައިނާ ސަފީރު

ރާއްޖެއާއި ޗައިނާއާ ދެމެދު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ދެޤައުމަށްވެސް އޭގެ ފައިދާއާއި ލާބަ ލިބޭނޭ ކޮލިޓީ އެއްބަސްވުމެއްކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮން ވިދާޅުވެއްޖެއެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއެއްބަސްވުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ދެޤައުމުގެ ގުޅުމަށް އިތުރު ކުރިއެރުމާއި ފައިދާ ކުރާނެކަމަށް ސަފީރު ވިދާޅުވިއެވެ. އަދި އިޤްތިސާދީ ދެޤައުމުގެ ގުޅުން ވަރުގަދަވެގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

ޗައިނާ ސަފީރުވަނީ އެޤައުމުން މިހާތަނަށް 22 ފަރާތަކާއި އެކު މިނިވަން ވިޔަފާރީގެ 18 އެއްބަސްވުން އެކުލަވާލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ ސަބަބުން އެއްވެސް ޤައުމަކުން އެހެން ފަރާތަކާއެކު ކުރާ ވިޔަފާރީގެ އެއްވެސް މުޢާމަލާތަކަށް ބުރޫއަރާފައި ނުވާކަންވެސް ސަފީރު ފާހަގަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. އަހުމަދު އަލީ ދިލްބަހާރު

    ވަރައް ތާއީދު ކުރެވޭ އެއްބަސް ވުމައް ރާއޖެ އައް ވެސް ޗައިނާއައް ވެސް ރަންގަޅު ނިންމުމެއް