ނުހައްގު މުއްސަނދިކަން ހޯދުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ ބިލު ކޮމިޓީއަށް

ނުހައްގު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ކުށެއްގެގޮތުގައި ކަނޑައަޅައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލް ދިރާސާ ކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. މިބިލް މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާގައި ވޯޓު ދެއްވީ 53 މެމްބަރުންނެވެ.

މި ބިލުގެ މަގުސަދަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގައި ކޮރަޕްޝަންގެ ގޮތުގައި ކަނޑައަޅާފައިވާ ކުށް ކުށަކީ ޒަމާނަށް ނުފެތޭ ކުށްތަކެއް ކަމުގައި ވާތީ އެކުށްތައް މިހާރަށް ފެތޭގޮތަށް ބަދަލުކޮށް ޤާނޫނުލްޢުޤޫބާތުގައި ހިމެނުމެވެ.

 

ކިޔުންތެރިންގެ ހިޔާލު