އެމްޑީޕީ މެމްބަރުންގެ ފާޑުކިއުން އޭސީސީއަށް

ވެރިކަންކުރާ މައިޕާޓީ އެމްޑީޕީގެ މެމްބަރުންގެ ފާޑުކިއުމާއި ނުރުހުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް  އަމާޒުވެއްޖެއެވެ.

ނުހައްޤު މުއްސަދިކަން ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅައި ޤާނޫނުލްއުގޫބާތަށް ހުށަހެޅި އިސްލާޙުގެބިލުގެ ބަޙުސްގެ މަރުޙަލާގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދެއްކެވި އެމްޑީޕީގެ މެމްބަރުންވަނީ އޭސީސީއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މާލެސިޓީގެ މޭޔަރު ސިފާގެ މައްޗަށް ކުޑަކުޑަ މައްސަލައެއްގައި ދަޢުވާކުރަން ނިންމެވިއިރު، ބޮޑެތި އެތައް މައްސަލައެއް ކުރިއަށްނުގޮސް ހުއްޓިފައިވާކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

މެމްބަރުންގެ ވާހަތަކާއި ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް ނަޝީދުވެސްވަނީ އެވާހަކަފުޅުތަކަށް ތާއީދުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީއާ ގުޅުންހުރި މައްސަލަތައް ކަމާބެހޭ އިދާރާތަކުން ނުބެލި ލަސްވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅުންހުރި އެތައް ސަތޭކަ މެސެޖެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށާ، މި މެސެޖްތަކުގައި އެމްއެމްޕީއާރުސީގެ ފައިސާގައި މުއާމަތާތްތަކާގުޅޭ އެތައް ހެއްކެއްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭސީސީއަށާއި ރައްޔިތުންގެ މަޖިލީހަށް މިފަދަ 70،000 އެސްއެމްއެސް އެމަނިކުފާނު ދެއްވިކަމަށެވެ. އެއީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބުގެ ފޯނާއި އަދީބުގެ ގާތް އެކިއެކި ބޭފުޅުންނަށް އޭނާ ކުރައްވާފައިވާ މެސެޖުތައްކަމަށެވެ. މިމެސެޖްތައް ވަރަށް އަވަހަށް ޢާންމު ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު