އަނެއްކާވެސް އިތުރު 49 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް

އަނެއްކާވެސް ރާއްޖެއިން އިތުރު 49 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެއީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 43 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 އަތޮޅުތަކުން ޕޮޒިޓިވްވި މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 33 ދިވެހިންނާއި 16 ބިދޭސީންނެވެ. މިވަގުތު 1118 މީހުން ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 389 މީހުންނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު، 68 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 1303 ސާޕަލް ކޮވިޑް-19އަށް ޓެސްޓުކުރުމަށްޓަކައި ނަގާފައިވެއެވެ.

އަތޮޅުތަކަށް ބަލާއިރު، މިވަގުތު އެއްވެސް ރަށެއް މޮނީޓަރިންގެ ޙާލަތުގައެއް ނެތެވެ. އެހެންނަމަވެސް 21 ރަށަކުންނާއި 20 ރިސޯޓަކުން އެކްޓިވް ޕޮޒިޓިވްވި މީހުން އެކްޓިވް ކޭސްތަކުގެ ގޮތުގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު