މިއަންނަނީ ސަރުކާރަށް، ޖޭއެސްސީގެ ފޯމޭޝަން ބަދަލުކުރާނަން - އަދުރޭ

ވަރަށް އަވަހަށް ޕީޕީއެމްއާއި ޕީއެންސީ ސަރުކާރަށް އަންނާނެކަމަށާ، އައިސް މިހާރު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލެވިގެންވާ ގޮތް ބަދަލުކުރައްވާނެކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް އަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަދުރޭ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތުގެ އިސްތިއުނާފު އަޑުއެހުންތަކަށް ޖޭއެސްސީއާއި ސަރުކާރުކާރުން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ރައީސް ޔާމީންނަށް ދަށުކޯޓުން ކޮށްފައިވާ ޙުކުމަކީވެސް ސަރުކާރުގެ ނުފޫޒާއި ބާރުވެރިކަން ފޯރުވައިގެން ކޮށްފައިވާ ނާއިންސާފު ހުކުމެއްކަމަށް އދުރޭ ތުހުމަތުކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެންދިޔަ އެމަނިކުފާނަށް ހުކުމްކުރަން އެންމެ 4 ގަޑިއިރަށް ވެފައިވަނިކޮށް ޖޭއެސްސީން ފަނޑިޔާރު ބަދަލުކޮށް އެހެން ފަޑިޔާރު އައްޔަންކޮށް ވަކި ގޮތަކަށް ހުކުމްކުރިތަން. އަޅުގަނޑުމެންނަށް މިއަދު އަނެއްކާވެސް މައުލޫމާތު މިލިބެނީ އިސްތިއުނާފުނިމި ކުރަންއުޅޭ ހުކުމަށްވެސް މިނުފޫޒު ފޯރުވަން އުޅޭކަމަށް." އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާއަށް ސަރުކާރުގެ ބާރާއި ނުފޫޒުގެ އިންތިހާއަށް ފޯރުވާކަމަށާ، ޝަރުއީ މަރުހަލާއަށާއި ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި ނުފޫޒުގަދަ ފަރާތްތަކުން ހިންގަމުންދާ ޢަމަލުތައް ހުއްޓުވާނެކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ދާދިއަވަހަށް ޕީޕީއެމް/ޕީއެންސީން ރާއްޖޭގެ ވެރިކަމާ ޙަވާލުވެ މިފަދަ ކަންކަން ބަލައި މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ހާބުރި

    އަދުރޭމެނަކަށް ނުވާނެ އެއްކަމެއްވެސް.