އެންމެފަހުން މެމްބަރު އިކްރާމް މަޢާފަށް އެދިއްޖެ

ރައްޔިިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން
ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ނަގުމުގައި ޙަރަކާތްތެރިވި މުވައްޒަފަކަށް ޙަމަލާދިންކަން ތުހުމަތުކުރެވުނު ރައްޔިިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެންމެފަހުން މަޢާފަށް އެދިވަޑައިގެންފިއެވެ.
އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ މިހާދިސާގައި އޭނާ ޙަމަލާދިންކަމަށް ބުނާ މުވައްޒަފާ ބައްދަލުކުރައްވައި އޭނާއާ މުޚާޠަބުކުރެވުނު ގޮތަށާއި، ޢަމަލުކުރެއްވުނު ގޮތާމެދު މަޢާފަށް އެދިފައިވާކަމަށެވެ.
އެހެންނަމަވެސް މީގެކުރިން އިކްރާމްވަނީ އޭނާ ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ނަގުމުގައި ޙަރަކާތްތެރިވި މުވައްޒަފަކަށް ހަމަލާދިން ކަމަށް ބުނާ ވާހަކަ ދޮގު ކުރައްވާފައެވެ.
މާފަންނު މަދަރުސާގައި ކުރިއަށްދާ ކޮވިޑް-19 ޓެސްޓް ކުރާ މަރުކަޒުން އިކްރާމް ސާމްޕަލް ނަގަން ވަޑައިގެން ސާމްޕަލް ނަގާ މީހަކަށް ހަމަލާދިންކަމަށް އަޑުފެތުރި ސޯޝަލް މީޑިއާގައި އޭނާއަށް ވަރަށްބޮޑަށް ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. އަދި އެ މައްސަލަ މިހާރު ފުލުހުން ވެސް ބަލަމުންދާކަމަށް މަޢުލޫމާތުލިބެއެވެ.
މިއީ މެންބަރުންގެ ފެންވަރު. މިކަހަލަ ދަށު ދަށުދަރަޖައިގެ އަމަލުތައް ހިންގާނީ.