މަސްދޯނި ފަހަރަށް "ރުކުމާ"ގެ އިލްތިމާސެއް!

މަސްކިރާއިރު ކުދިކަންނެލި 7 ރުފިޔާ ނުވަތަ 9 ރުފިޔާ އަށް ބަނދަރަށް ނުވަތަ ބޯޓަށް ކިރާލުމުގެ ބަދަލުގައި ރަށުގައި ލޮނުމަސް އަޅާ ޒުވާނަކަށް މަސް ވިއްކަން ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އިލްތިމާސްކުރައްވައިފިއެވެ.

މިހެން ވިދާޅުވީ ގޭދޮށު މަސްފެކްޓްރީ އާއި ރަށުުގެ ތަރައްގީއަށް އިސްކަންދިނުމަށް ގޮވާލައްވައި ރުކުމާ ކުރެއްވި ޓްވީޓެއްގައެވެ.

އޭނާ ވިދާޅުވީ ލޮނުއެޅި ކުދި ކަންނެލި ކިލޯއަކަށް މާލެ ބަނދަރުން 40 ރުފިޔާ ލިބޭނެކަމަށެވެ. އަދި ގޮދާ ނުވަތަ ކަންނެލި ވަކިކޮށްލުމުގައި ތަކަލީފެއް އުފުލަންޖެހުނަސް، ކިރުވާ ކޮންމެ ޓަނަކުން 6000 ރުފިޔާ ނުވަތަ 400ޑޮލަރު ދިވެހި ސަރުކާރަށް ނުވަތަ ރައްޔިތުންނަށް ގެއްލުންވާކަމަށް އޭނާ ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު