ޖޭއެސްސީން ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޯޒު ފޯރުވާކަމަށް ޕީޕީއެމް/ޕީއެންސީން ތުހުމަތުކޮށްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުގެ އެކި ލެވެލްގައި، ޚާއްޞަކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށް ޕީޕީއެމް/ޕީއެންސީން އެކަން ކުށްވެރިކޮށްފިއެވެ.

ޕީޕީއެމްއާއި ޕީއެންސީން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް މިމަހުގެ 8ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޙުކުމާ ގުޅިގެން ހައިކޯޓުގައި ކުރިއަށްދާ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން މަސައްކަތް ކުރާކަމުގެ މަޢުލޫމާތު އެދެޕާޓީ ހިމެނޭ ކޯލިޝަނަށް ލިބިފައިވާކަމަށެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުންނަށާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާ، ޤާނޫނު އަސާސީގެ 157ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ މުސްތަޤިއްލު، ވަކި ފަރާތަކަށް ބުރަ ނުވާ މުއައްސަސާއެއްގެ ގޮތުގައި ބަޔާންކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންމިދަނީ އެމަނިކުފާނު ޖަލުގައި ޤައިދުކޮށް ބަހައްޓައިގެން، ދިވެހިރާއްޖެ އަވަށްޓެރި ޤައުމަކަށް ވިއްކާލުމާއި، ސަރުކާރުން ބޭނުންވާހާ ކަންކަން ކުރުމަށް ފުރުޞަތު ތަނަވަސްކުރުމުގެ ގޮތުންކަމަށްބުނެ ޕީޕީއެމްއާއި ޕީއެންސީންވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު