މިރޭ ކޮވިޑް-19އަށް ޕޮޒިޓިވްވީ 35 މީހުން

ރާއްޖެއިން އިތުރު 35 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިއެންމެންވެސް ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަޙައްދުންނެވެ. އަލަށް ޕޮޒިޓިވްވި 35 މީހުންގެތެރޭގައި ހިމެނެނީ 27 ދިވެއްސަކާއި 8 ބިދޭސީންނެވެ. މިވަގުތު 1110 މީހުން ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި ރާއްޖޭގައި އެބަތިއްބެވެ.

އޭގެތެރެއިން 368 މީހުންނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު، 72 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދެއެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން 59 މީހަކުވަނީ އަލަށް ރަނގަޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން ޖުމުލަ 10894 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވެފައިވެއެވެ. އޭގެތެރިން 9742 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ.

މިބަލީގައި 35 މީހަކު ވަނީ ރާއްޖެއިން ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު