ޔަޢުޤޫބުގެ ގޮނޑީގެ މައްސަލަ ތާވަަލްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ. މިމައްސަލަ ތާވަލްކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ.

ޔަޢޫޤޫބުގެ ގޮނޑިއާމެދު ސުވާލު އުފެދިފައިވަނީ މިހާރު ޢަމަލުކުރަން ފަށާފައިވާ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ދަށުން އުފެއްވި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރަކަށް ޔަޢުޤޫބު ޢައްޔަންކުރުމާއެކުއެވެ.

ޔަޢުޤޫބު މިމަޤާމާ ޙަވާލުވުމާއެކު ރައްޔިތުންޖެ މަޖިލީހުގެ މެމްބަރަކު ކުރައްވައިގެން ނުވާނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމެއް އޭނާ ކުރެއްވީކަމަށާ، އެހެންކަމުން އޭނާގެ މެންބަރުކަން ގެއްލިއްޖެކަމަށް ބަޙުސްކުރެވެންވަނީ ފަށާފައެވެ. އަދި ދާންދޫދާއިރާގެ ގޮނޑި ހުސްވެފައިވާކަމަށް ކަނޑައަޅައިދިނުމަށް ސިވިލް ކޯޓުގެ ކުރީގެ ޤާޟީ މުޙައްމަދު ޙަލީމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ދައުލަތުގެ މުސްތަޤިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަޤާމެއް އަދާ ނުކުރެވޭނކުރައްވައިގެން ނުވާނެކަމަށް ޤާނޫނު އަސާދީގައިވެއެވެ. އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެމުއައްސަސާގެ އެޤާނޫނުގައި ބަޔާންކޮށްފައިވާތީ ޔަޢުޤޫބުގެ ގޮނޑިޔާމެދު ވަނީ ސުވާލުއުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު