ދިވެހި ސްޕިލްބާގް: ޒުހުރީ

ސްޓީވެން ސްޕިލްބާގް އަކީ އެމެރިކާގެ އެންމެ މަގުބޫލު އެއް ޕްރޮޑިއުސަރެވެ.
މިއަދު ދިވެހިރާއްޖޭގައި ވެސް މިފަދަ ވަރުގަދަ ޕްރޮޑިއުސަރެއް ހުރި ވާހަކަ ބުނުމުން ގަބޫލުކުރަން ދަތިވެސް ވާނެއެވެ. ނަމަވެސް، ބައިސްކޯފުން ސެޕްޓެމްބަރު 25 ވަނަ ދުވަހުން ފަށައިގެން ދައްކަމުން އަންނަ ދިވެހި ސީރީޒް "ގަމިނި" އިން މިވަނީ ރާއްޖޭގައި ވެސް ސްޕިލްބާގެއް ހުރިކަން ކަށަވަރުކޮށްދީފައެވެ.
ރާއްޖޭގެ ނިސްބަތުން ވިސްނާނަމަ ބައިސްކޯފުގެ ގަމިނި ސީރީޒް ގެ ޕްރޮޑިއުސަރު މުހައްމަދު ޒުހުރީ މިއަދު ރާއްޖޭގައި އެހުރީ ސްޕިލްބާގް އަށް ވުރެ ވެސް މަތީގައެވެ.
"ޓައިމް ޓްރެވަލް" ކުރެއްވުމަށްފަހު ގޮސް ޒުހުރީގެ ފުރަތަމަ ޕްރޮޑަކްޝަން ވެސް ގޮސް ނެރެލީ ގާދޫކޮލުން ބޭރަށެވެ. މިސްރާބު ޖަހާފައި ހުރީ ސީދާ ޖައްވަށެވެ. ޔޫރަޕުގައި ވެސް ހަރުލާވަރަށްވުރެ ޒުހުރީގެ ސްޕީޑު ބާރެވެ.
ބައިސްކޯފުން ނެރުނީ ބައިސްކޯފަށްވުރެ ވެސް ވަރުގަދަ އެއްޗެކެވެ.
އެމްވީޓައިމްގެ ފަރާތުން ޒުހުރީއާއި ސުވާލުކޮށްލައި ޒުހުރީގެ ކަންކަން ހުރިގޮތް ސާފުކޮށްލީމެވެ.
ޒުހުރީއާ ގަމިނިއާ ގުޅުނީ ކިހިނެއް؟
ޒުހުރީ ބުނާގޮތުން ނަމަ ގަމިނިއާއި ޒުހުރީއާއި ގުޅުވައިދިނީ އޭނާގެ ހިއްސާވާ ސްޓޫޑިއޯ "ފައިނަލް ޗެޕްޓާސް" އެވެ. އެ ސްޓޫޑިއޯއަކީ ޒުހުރީގެ 100 ޕަސަންޓު ހިއްސާވާ ސްޓޫޑިއޯކެވެ.
"ގަމިނީގެ ސްކްރިޕްޓު ލިބުމާއެކު އެންމެ ފުރަތަމަވެސް އަޅުގަނޑު ދިނީ އަޅުގަނޑުގެ އަންހެނުން އަތަށް އެ ކިޔާލަން،" ގަމިނި ފެށިގެން އައިގޮތް ކިޔައިދެމުން ޒުހުރީ ބުންޏެވެ.
ޒުހުރީގެ އެކުވެރިން ބުނާގޮތުން ޒުހުރީ މިވަގުތު ހުރީ މޫމިން ފުވާދައްވުރެ ވެސް "މަތީގަ" އެވެ.
މިވާހަކަ ޒުހުރީގާތު ބުނުމުން އޭނާ ބުނީ "ކުރިއަރާނީ އެކި އިރު އެކީ މީހުން" ކަމަށެވެ.

ޒުހުރީ ފިލްމީ އިންޑަސްޓްރީގެ ތެރެއަށް ވަދެވުނީ ކިހިނެއްތް؟
މިހާރު އުމުރުން 61 އަހަރުގެ ޒުހުރީއަކީ އެންމެ ޒުވާން ދުވަސްވަރުން ފެށިގެން ވެސް "ނެޓް ފްލިކްސް" ގުރޫޕުގެ ލޭ އޭނާގެ ހަށިގަނޑުގައި ހިނގާމީހެކެވެ.
ނަޒާކީ ޒަކީ އާއެކު ޒުހުރީ މަސައްކަތްކުރި އިރު، އޭނާ ވަނީ ޒަކީގެ "ޗުއްޓީ" ކިޔާ ފިލްމެއްގެ މަންޒަރެއް ވެސް ކުޅެފައެވެ. އަދި މާލޭގައި ކެސެޓު ފިލްމު ކުއްޔަށް ދޫކުރާ ސްޓޫޑިއޯތައް ހުރި ޒަމާނުގައި ވެސް ޒުހުރީއަކީ އެ މަސައްކަތުގައިވެސް އެއްވަނަ އެވެ.
"އޭރުވެސް ފިލްމު ހޯދަން ގިނަ ބަޔަކު އަންނަޖެހޭނީ އަޅުގަނޑު ކައިރިއަށް. ފަހުން ފަހުން އަޅުގަނޑު ހިތައް އަރަންފެށީ އަޅުގަނޑުމެން ދިވެހިންނަކީވެސް ދުނިޔޭގަ އުޅޭބައެކޭ ދިވެހި ފިލްމޭ މި ފެންނަނީ. އޭރު ބަލާ ފިލްމުތަކާ (ހިންދީ އަދި އިނގިރޭސި ފިލްމުތަކާ) އެއްވަރަށް ދިވެހިން ވެސް ދާންޖެހޭނޭ،"
ޒުހުރީ ދެކޭގޮތުން ދިވެހި ފިލްމުތަކުގެ "ފެންވަރު" ރަނގަޅުކުރުމަކީ ހަމަ ކޮންމެ މީހަކަށްވެސް އެކަމަކާ އުޅެއްޖެނަމަ ކުރެވޭނެކަމެކެވެ.
ދިވެހި އާޓިސްޓުންނާމެދު ދެކެނީ ކިހިނެތް؟
ޒުހުރީ ބުނަނީ ދިވެހި އާޓިސްޓުންނަކީ ފެންވަރު ހުރި ކުޅަދާނަ ބައެއް ކަމަށެވެ. އެހެން ނަމަވެސް، އާޓިސްޓުންގެ ހުނަރުވެރިކަމަށް އޮތް އެންމެ ބޮޑު ހުރަކީ އާޓިސްޓުން ކުރިއަރައިގެން ދާން "ގައުމުން އެއްބާރުލުން ނުލިބޭ" މައްސަލައެވެ.
"އާޓިސްޓުންނަކީ މީ ފުރައްސާރަކުރަން ތިބޭ ބައެއް ނޫން. އެއްވެސް ސަރުކާރަކުން އަޅާލަންވާ ވަރަށް އަޅައެއް ނުލާ. އެހެން ނަމަވެސް ރަނގަޅު އެއްޗެއް ތައްޔާރުކޮށްފިއްޔާ އެ ބޭފުޅުން ވެސް ބައްލަވާ. މިސާލަކަށް ބަލާ ފުޓުބޯޅަ ކޮންމެ ރަށެއްގަ އޮންނާނެ ފުޓުބޯޅަ ދަނޑެއް. އެތަންތަނަށް ކުޅެންދާނެ މީހުންވެސް ވޭ. އެކަމަކު މާލޭގަ އޮންނަ އޮލިމްޕަސް އެއީ ބަދިގެއެއްތަ؟ އެތަން އޮންނަނީ ފަޅަށް. އެކަމަކު އެއްކަލަ ފުޓުބޯޅަކުޅޭ ކުދިން ރޭގަނޑު މިތިބެނީ ގަމިނި ބަލަން" -ޒުހުރީ-

ގަމިނި އަކީ ކިހާ ބުރަ މަސައްކަތެއް؟
ގަމިނީގެ ޝޫޓިން މަސައްކަތްތައް ނިންމައި ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތްތައް ފަށައިގަތުމަށް ހޭދަވީ އަހަރެއްހާ ދުވަހެވެ.
ޒުހުރީ ބުނާ ގޮތުން ދިވެހި ފިލްމު އިންޑަސްޓްރީގެ އެހެން ޕްރޮޑަކްޓުތައް ވެސް "ގަމިނި" ފެންވަރަށް ގެންދާން ހޭދަވާނީ ގިނަވެގެން އަހަރެއްހާ ދުވަހެވެ.
"ބައިސްކޯފަކީ މިހާރު ހަމަ ގައުމުގެ އާޓިސްޓުންގެ ޕްލެޓްފޯމޭ އަޅުގަނޑު ދަންނަވާނީ، ގަމިނީގެ ކަންކަމުގައި އެހީތެރިވީ ބަޔަކީ ބައިސްކޯފު. މިއީ ބައިސްކޯފުގެ އުފެއްދުމެއް ހަމަ،"
ޒުހުރީ ބުނީ ގަމީގެ މަސައްކަތް ކުރިއަށް ދިޔައީ ކޮވިޑް 19 ގެ ބަލިމަޑުތެރެއިން ކަމަށެވެ. އެހެން ކަމުން ގަމިނި ޕްރޮޖެކްޓު ކުރިއަށް ދިޔައީ ގިނަ ދަތިތަކާ އެކު ގިނަ ގުރުބާނީއެއް ވެގެންކަމަށެވެ.
"ޕްރޮޖެކްޓު މެދުކަނޑާލާފަ އިއިސްފަވެސް ހުންނާނެ. މާބޮޑަށް ކޮޅިގަނޑު ގަދަވެގެން،"
ގަމިނި މިހާ ފުރިހަމައަށް ގެންދިއުމުގެ ސިއްރަކީ ކޮބާ؟
ގަމިނީގެ މަސައްކަތް މިހާ ފުރިހަމައަށް ފުރިހަމަވީ "ސިއްރުން އެއްވެސް ކަމެއް" ކޮށްގެން ނޫންކަމަށް ޒުހުރީ ބުނެއެވެ. އޭނާ ބުނަނީ މި ސީރީޒްގެ މޭސްތިރިންނަކީ ގަމިނި ޓީމު ކަމަށެވެ.
އަދި ޓީމު އެކުލީ ޑައިރެކްޓަރު މޫމިން ފުވާދު ކަމަށެވެ. ޒުހުރީ ބުނާގޮތުން ގަމިނިތެރެއިން މޫމިން ގެންގޮސް ޒުހުރީ ލީ މާމަގެ އުނގަށެވެ. އެހާވެސް ޑައިރެކްޝަން ފުރިހަމައެވެ.
"މީގެ މޭސްތިރިންނަކީ ގަމިނި ޓީމު. އެއީ އަހުލާގީ ގޮތުން އެއްވަނަ. މަސައްކަތުގެ ގޮތުން އެއްވަނަ ޓީމެއް. މި ޓީމު އެކުލަވާލީ މޫމިން ފުވާދު. މޫމިން ގެންނަ މީހުން ރަނގަޅުވާނެ. ޓީމުގެ އެންމެ ބުރަ މަސައްކަތެއް ކުރީ އަހުމަދު އާސިމް. ޑިޕާޓުމަންޓުތަކަށް ބަލާފިއްޔާ އެޑިޓިން ވެސް އާސިމް ފެންވަރުގަ ކޮށްފަ ހުރީމަ ހަމަ ތި ފެންނަނީ. ދެން މީތި މީހުންގެ ލޮލަށް ވައްދާފަ މިހުރީ ހުސޭނު (ހުސެން އަދުނާން) އަކީ، ދެން މީގެ ބެކް މިއުޒިކް ހެދީ އިބްރާހިމް އައްފާން (އިއްބެ) އާއި ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ). ސީރީޒް އިން ދެ ޒަމާނެއް ދައްކުވައިދޭއިރު. އިހު ޒަމާނުގެ މިއުޒިކް ހެއްދެވީ އައްފާން. އަޅުގަނޑަށް ވަރަށް ކަމުގޭ ދެ މީހުން ހަދާފައި ހުރި މިޒިކުވެސް. ވަކިން ހާއްސަކޮށް މުސްކުޅި ބައި ދައްކާލާއިރު، މިއުޒިކް ވެސް ތަފާތުވާނެ. މިޒަމާން ދައްކާލާއިރު ވެސް މިއުޒިކު ތަފާތުވާނެ،"
ޒުުހުރީ އާ މޫމިންއާ ދިމާވީ ސެމީ މުސްތަފާ (ސެމިޑޮން) ގެ ފަރާތުންކަމަށް ޒުހުރީ ބުނެއެވެ. ސެމީއަކީ ޒުހުރީގެ ޒަމާންވީ ރަހުމަތްތެރިއެކެވެ. ޕްރޮޑަކްޝަންގެ ކަންކަން ނިންމުމުގައި ސެމީގެ ހިޔާލާ އެހީތެރިކަން ނުހަނު ބޮޑަށް ޒުހުރީއަށް ލިބެއެވެ.
"ސެމީއަކީ އިތުރު ތައާރަކަށް ބޭނުން ނުވާނެ މީހެއް. މިކަމުގަ ވެސް އެންމެ އެހީތެރިކަން ލިބޭ އެކަކީ ސެމީ. ރާއްޖޭގަ އޮތް ޕާފެކްޓު ޓީމު އަޅުގަނޑު ގާތައް އައީ. ވާދައަކަށް މިކަން މިކުރީ. މި ވާދަވެރިކަން އޮވެގެން މީހުން ޓީވީ ބަލާނީ،"
ބައިސްކޯފާމެދު ބުނާނީ ކީކޭ؟
"ގަމިނިއަކީ ސީދާ ބައިސްކޯފުގެ އުފެއްދުމެއް. އެމީހުންގެ އެއްޗެއް. ބައިސްކޯފު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަންތިބީއާ އަދި ނެތް އެހެން ދިމާލެއް. ބައިސް ކޯފަކީ އާޓިސްޓު މީހާގެ ޖީބަށް ލާރިވަދެފަ ކޮލެޓީވެސް ހިފަހައްޓާ ބައެއް،"
ޒުހުރުރީ ބުނަނީ ބައިސްކޯފަކީ ހަމަ "ރަންބިސް އަޅާ ކުކުޅެއް" ކަމަށެވެ.
ގަމިނި ހެދުމަށް ދިމާވި ގޮންޖެހުންތަކަކީ ކޮބާ؟
ޒުހުރީ ބުނާގޮތުން ގަމިނި އުފެއްދުމުގައި ދިމާވި ގޮންޖެހުންތަކަކީ ކޮބައިކަން އޭނާގެ "ދުލުން ބާޔަންކުރަން ވެސް" ދައްޗެވެ.
"މިސާލަކަށް ރާއްޖޭގަ ކޮލެޓީ ޕްރޮޑަކްޝަނެއް އުފެއްދުމަށް ކުރަންޖެހޭ ބޮޑު ހަރަދާ އެހެން ގައުމުތަކުގަ ކުރާ މަސައްކަތުގެ އަގާވެސް ބޮޑު ތަނުން ނުބައްދަލު. ފެންވަރުގަ ކުރަންޖެހޭތީ. އަޅުގަނޑު ދައުވަތުދެން އަޅުގަނޑުގެ ޝޫޓިންނަކަށް ޓައިމްސްއެމްވީއަށް. އަޅުގަނޑުމެން ކުރާމަސައްކަތްތަކުގެ ކަންކަން ބަލަން،"
ޒުހުރީ ބުނާގޮތުން "ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ އަގު ބޮޑުވަނީ ކަންކަން ކުރުމުގައި އެކަށީގެންވާ އިންތިޒާމުތައް ހަމަޖެހިފައި ނެތުމުން" ނެވެ. ކަންކަމުގައި އިންތިޒާމުތައް ހަމަޖެހިފައި ނެތް ނަމަ ވެސް، އެމްއެންޑީއެއް އިން ދިން އެހީތެރިކަން ޒުހުރީ ފާހަގަކުރިއެވެ.
"އަޅުގަނޑުމެންނަށް އެންމެ ދަތިކަންތައްތަކުގެ ވާހަކަ ދައްކާއިރު މިސާލަކަށް ކަނޑުމަތީ މަންޒަރެއް ނަގަންޖެހުން. އެއީ ވަރަށްބޮޑަށް ސެކިއުރިޓީ އޮންނަންޖެހޭކަމެއް. މިސާލަކަށް ވަކި އޭރިއާއެއް ބަންދުކޮށްލަ ދިނުން ފަދަ ކަންކަން ކަމުގަ އިންތިޒާމުތަކެއް ހަމަޖެހިފަ އޮތުން. ކޮންމެ މީހަކު ވެސް އެއްބާރުލުން ދޭން އައިސްފިނަމަ އަޅުގަނޑު އެއްބާރުލުމުގަ ހިފާނަން، ހާއްސަކޮށް އެމްއެންޑީއެފުން އަޅުގަނޑުމެންނަށް ވަރަށް އެއްބާރުލުން ދިން އިޖާބުދޭ މުއައްސަސާއެއް. ރަށްރަށުގެ ކައުންސިލްތަކުން ދޭ އެއްބާރުލުން ވެސް ވަރަށް ފުރިހަމަ"
ފިލްމު އެސޯސިއޭޝަނުން އެކަށީގެންވާ އެއްބާރުލުމެއް ލިބޭބާ؟
ޒުހުރީ ބުނަނީ އޭނާއަކީ ފިލްމު އެސޯސިއޭޝަނުގެ މެންބަރެއް ނޫންކަމަށެވެ. ނަމަވެސް އެ އެސޯސިއޭޝަނުން ވެސް ކުރަންވީ ކަމަކީ އެންމެން އެއް ގަލަކަށް އެރުވުމުގެ މަސައްކަތް ކަމަށް ޒުހުރީ ދެކެއެވެ.
"އެ އެސޯސިއޭޝަނަށް އެއްޗެއް ބުނަން އަޅުގަނޑަކީ ފިލްމު އެސޯސިއޭޝަނުގެ މެންބަރެއް ނޫން. ބައިސްކޯފު ފިޔަވާ އެއްވެސް ފަރާތަކުން އެހީތެރިކަމެއް ނުދޭ. ދެން ކުރިވަރެއް ކުރީ މޫމިނާ އަޅުގަނޑާ އަމިއްލައަށް، ދެން ކުރިވަރެއް ކުރީ ގަމިނި ޓީމިން. ފިލްމު އެސޯސިއޭޝަނުން އެބައޮތް ކުރަން ރަނގަޅު މަސައްކަތެއް. އެއީ ފިލްމީ މީހުން އެއްބައިކޮށްލާ އެކުވެރިކޮށްލާ މިކަހަލަ ކަންތައްތަކެއް ކުރަންރަނގަޅުވާނެ. ވާދަވެރި އެކުވެރި މާހައުލެއް އުފައްދާދޭންވީ ފުރަތަމަކަމަކަށް،"
ބުރަކޮށް ގަމިނީގެ މަސައްކަތް ކުރިއަށްދިޔައިރު އާއިލާއާއި އެހެނިހެން ޒިންމާތައް މެނޭޖުކުރީ ކިހިނެއް؟
މި ސުވާލުކޮށްލުމުން ޒުހުރީ 'ސިއްރު ސިއްރުން ބުނީ' ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ އޭނާގެ އަންހެނުން ކަމަށެވެ.
"އަޅުގަނޑު ކުރިން ވެސް ދެންނެވިހެން ފިލްމުގެ ސްކްރިޕްޓު ވެސް އެންމެ ފުރަތަމަ ކިޔާލަން ދިނީ އަޅުގަނޑުގަޑެ އަންހެނުންނަށް. މިކަން މިހާ ފުރިހަމަށް މި ދެވުނީ އަޅުގަނޑު ކޯ ޕްރޮޑިއުސަރުގެ ހިތްވަރުގަދަކާ އެހީތެރިކަން ބޮޑުކަމުން، އެއީ ހަމަ ހޯމް މިނިސްޓަރު. އަޅުގަނޑުގެ ދިރިއުޅުމުގެ ފަހަތުގައި ހުރީ އަޅުގަނޑުގެ އަންހެނުން. ދެން އަޅުގަނޑުގެ ދަނބި ދަރިފުޅަކީ ވަރަށް ސްޕެޝަލް މީހެއް"
ޒުހުރީ ބުނަނީ ގަމިނީގެ ޕްރޮޖެކްޓުގެ ޝުކުރުގެ ލިސްޓުގެ ބޮޑުކަމުން އޭނާއަށް ވަކިވަކިމް މީހުންގެ ނަންކިޔައި ޝުކުރު އަދާކުރަން އޭނާ ވަނީ "ނުކުޅެދުންތެރިވެފަ" އެވެ.
ގަމިނި މިވަނީ މުޅި ދިވެހި ފިލްމީ އިންޑަސްޓްރީ އަށް އިންގިލާބެއް ގެނެސްފައެވެ. އެ ސީރީޒްގެ ޑައިރެކްޓަރަކީ މޫމިން ފުވާދެއެވެ. ގަމިނިއާއެކު މި ފެށުނީ ދިވެހި ފިލްމުގެ އައު ޒަމާނެކެވެ. އެ ޒަމާން އުފެއްދީ ޒުހުރީއެވެ.
ޒުހުރީ ސްޕިލްބާގު ކަމަށް މިބުނީ ފޮންޏަކަށްނޫނެވެ.
than kolheh boduvarah thi jasaalee handheh ga thiben vaanee adhi thiya bunaa ehcheh aabaadheege 0.2 % belikan ves neynge aasmaanah thi javvah fonuvaalee
މާލޭގަ ހުރި ގެއެއް ވިއްކާލާފަ ސުޓޫޑިއޯ ސެޓަޕެއް ގަންނަހާ މޮޔައެއް ނުވާނެ ސްޕީލްބާގެއް. ދެން އެއްގޮތަކަށްވެސް ޒުހުރީ އެ ހުރީ ހޮލީވުޑާ ހިސާބުގައޭ ބުނި ބަހުގެ މުރާދެއް ނޭނގުނު.
ބުރަދާރ! ގެތައް ގިނަވީމަ ވިއްކަންވެސްވީ. ކޮބާ ބޭބެއަށް ކުރާއަސަރަކީ؟ ބޭބެއަދި އެކަހަލަ މީހަކާ ދިމާނުވަނީދޯ. އިޓްސް އޯކޭ އިނގޭ. އައި އަންޑަރސްޓޭންޑް. ޖޭލަސް މުރާދު.