ޒުވާނުންގެ 'ކެބްއެމްވީ' އެޕްލިކޭޝަނާއެކު އިތުރަށް ޒުވާންވެއްޖެ!

ޒުވާން ޑްރައިވަރުން ކެބް އެމްވީއަށް ޝައުގުވެރިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ ސެންޓަރަކީ ދިވެހިރާއްޖޭގައި ޓެކްސީގެ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނައި ސެންޓަރެކެވެ.

ބައެއް ފަހަރު 'ޑްރައިވަރުންގެ ނަމުގައި ޖަމިއްޔާ' ހަދައިގެން އުޅޭ ބޭފުޅުންނަށް ވެސް ނުވާފެންވަރުގެ ކަންކަން ކެބްއެމްވީން ހުރީ ކޮށްނިންމާލާފައެވެ.

ކެބް އެމްވީއަކީ ރާއްޖޭގައި ދެމުން ދިޔަ ޓެކްސީގެ ހިދުމަތަށް ބޮޑު އިންގިލާބެއް ގެނައި ބައެކެވެ.

މިގޮތުން ޕްރައިވެޓް ކާރުތަކަށް ވެސް ޓެކްސީ ކުރުމުގެ ފުރުސަތު ހުޅުވާލަދިން ސެންޓަރަކީ ކެބްއެމްވީއެވެ.

ޓެކްސީ ޑްރައިވަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިވެހި ތާރީހުގައި ވެސް ހިންގި ހަމައެކަނި ފާހަގަކޮށްލެވޭ ޓެކްސީ ޑްރައިވަރުން ހޮވުމުގެ އޮންލައިން މުބާރާތެއް ބޭއްވި ހަމައެކަނި ސެންޓަރަކީވެސް ކެބްއެމްވީ އެވެ.

"ޕޮއިސް ފޭމަސް ޑްރައިވާ އޮފް ދަ އިޔާ" ގެ ފުރަތަމަ ރައުންޑު މިއަހަރު ނިންމާލާފައިވާއިރު، އަންނަ އަހަރު މީގެ ދެވަނަ މުބާރާތެއް ބޭއްވުމަށް ކެބް އެމްވީން އަންނަނީ ތައްޔާރުވަމުންނެވެ.

ކެބްއެމްވީމް އެންމެފަހުން މިވަނީ އެޕްލިކޭޝަނެއް ވެސް ފަށާފައެވެ. އެ އެޕްލިކޭޝަން ވެސް ކެބްއެމްވީ ގެ އެހެން ކަންކަމާ އެއްގޮތައް ތަފާތެވެ.

މި އެޕްލިކޭޝަނަކީ ޓެކްސީ ބުކް ކުރުމުގެ ކުރިން ޕްރައިވެޓް ހަޔާ އަދި ޓެކްސީ ވަކިން ސެލެކްޓުކުރުމުގެ ފުރުސަތު ދޭ ހަމައެކަނި އެޕްލިކޭޝަނެވެ.

މީގެ އިތުރުން ކެބް އެމް ވީގެ ފަރާތުން ކަސްޓަމަރުންނާއި ހަމައަށް ގެނެސްދޭ އެންމެ ހާއްސަ ކަމަކީ އަންހެން ޑްރައިވަރުން ބޭނުންވާ ކަސްޓަމަރުންނަށް އަންހެން ޑްރައިވަރުން ދުއްވާ އުޅަނދުތައް ބުކް ކުރެވޭނެ ގޮތް ހަމަ ޖައްސައި ދިނުމެވެ. މި ހިދުމަތް އާންމުކުރަން ހަމަ ޖެއްސުމާއި ގުޅިގެން ގިނަ އަދަދެއްގެ އަންހެން ޑްރައިވަރުން އަންނަނީ ކެބް އެމް ވީ އާ ގުޅެމުންނެވެ. މިއީ މަގުތަކަށް ފަރިތަ ކަނބަލުންނަށް ލިބޭ ހުސްވަގުތުގައި އާމްދަނީ ހޯދުމަށް ވަރަށްވެސް ފަސޭހަ ގޮތެކެވެ.

ރައްކާތެރި އަދި އިތުބާރު ހިފޭ ޓެކްސީގެ ޚިދުމަތެއް ބޭނުންވާ ފަރާތްތަކުން ކެބް އެމް ވީ އިހްތިޔާރު ކުރަންވީ ހިދުމަތުގެ ފެންވަރު ރަގަޅުވާނެ ކަމުގެ ޔަގީންކަން އެ ސެންޓަރުން ދޭތީއެވެ.

'ކެބް އެމް ވީގެ އެޕް' ބޭނުންކުރާ ފަރާތްތަކަށް ސްމާޓް ފޯނެއް ލިބޭ ޕްރޮމޯޝަނެއް އެ ސެންޓަރުން މިވަނީ ފަށާފައެވެ.

ކެބް އެމްވީގެ އޮންލައިން ޓެކްސީ އެޕްލިކޭޝަން މިހާރުވަނީ ސްމާޓްފޯނުގެ ސްޓޯރުތަކަށް އައިސްފައެވެ.  ދަތުރުކުރުމަށް ހަމަޖެހުނު ޓެކްސީގެ ނަންބަރާއި ޓެކްސީގެ ލޮކޭޝަންވެސް އެޕްލިކޭޝަން މެދުވެރިކޮށް ފެންނަން ހުންނާނެއެވެ.

މި ޕްރޮމޯޝަން ހުޅުވާލަފައިވަނީ އޮކްޓޫބަރު މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގައި ކެބްއެމްވީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުލުމަކުން ކޮންމެ މަހަކު ނަސީބުވެރިއެއް ހޮވާނެއެވެ.

މިއީ ކެބް އެމްވީގެ އެޕްލިކޭޝަން ތައާރަފުކުރި ފަހުން އެ ސެންޓަރުގެ އެޕްލިކޭޝަން ބޭނުންކޮށްގެން ދަތުރުކުރާ ފަރާތްތަކަށް ހުޅުވާލި ދެވަނަ ޕްރޮމޯޝަނެވެ.

ފުރަތަމަ ހުޅުވާލި ޕްރޮމޯޝަނުގައި އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުކުރާއިރު ހާއްސަ ކޯޑެއް ބޭނުންކުރުމުން ފަސް ރުފިޔާގެ ޑިސްކައުންޓެއް ލިބެއެވެ. އެ ކޯޑަކީ "Promo5" އެވެ.

މިއީ ވަރަށް ފަސޭހަ އެހާމެ ރައްކާތެރި އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަން މެދުވެރިކޮށް ކޭޝްލެސް ޕޭމަންޓު ހިދުމަތްވެސް ވަރަށް އަވަހަށް ފަށާނެކަމަށް އެ ސެންޓަރުން ބުނެއެވެ.

ދިވެހިރާއްޖޭގައި ޓެކްސީގެ ހިދުމަތައް ޓެކްނޮލޮޖީގެ ގޮތުން އިގިލާބީ އިތުރު ބަދަލުތަކެއް ވެސް ގެނެސްފައިވާ ސެންޓަރެކެވެ. މިގޮތުން ޓެކްސީ ބުކް ކުރާ އެޕްލިކޭޝަނަކާއި، އަދި ފޯނުން ގުޅައިގެން ބުކް ކުރިކަމުގައި ވިއަސް، ބުކިން ނޮޓިފިކޭޝަން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޮނުވާ ހަމައެކަނި ސެންޓަރަކީ 'ކެބް އެމްވީ' އެވެ.

ކެބް އެމް ވީގެ ޓެކްސީތަކަކީ އެންމެ ކުރީ ޒަމާނުގައި ބޭނުންކުރި ވީ.އެޗް.އެފް ސެޓްތައް ބޭނުންކުރުން ހުއްޓާލައި ޓެކްސީގެ ހިދުމަތް މުޅިން ޑިޖިޓަލް ކޮށްލި ޒުވާނުންގެ ޓެކްސީސެންޓަރެވެ.

ކެބް އެމް ވީ އަކީ ޕްރައިވެޓް ވެހިކަލްތަކުގައި ޓެކްސީ ކުރުމުގެ ހުއްދަދިން ސެންޓަރެވެ.  އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ޕްރައިވެޓް ޓެކްސީތައް ކެބް އެމް ވީ އާ ވަނީ ގުޅިފައެވެ. މިހާރު 200 އަށް ވުރެ ގިނަ ޓެކްސީ މެދުވެރިކޮށް ހިދުމަތް ދެމުން ދާއިރު ޑިޖިޓަލް ޕްލެޓްފޯމްގައި ވެސް 80 އަށްވުރެ ގިނަ ޓެކްސީ ވަނީ ރަޖިސްޓާ ވެފައެވެ.

ކެބް އެމްވީގެ އެޕް ފުރިހަމަ ވެގެން އަންނަ އިރު އެޕް މެދުވެރިކޮށް ކުރާދަތުރުގެ ކާރު އަދި ސައިކަލް ޓެކްސީ އާއި ޕިކަޕުގެ އިތުރުން ހާއްސަ ހަފްލާތަކަށް ޕްރައިވެޓް އުޅަނދުތައް ބުކް ކުރުމުގެ މަގުވެސް ފަހި ވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު