ނެޓްފްލިކްސް ފެންވަރުގެ 'ގަމިނި' ބައިސްކޯފު އަންދާލައިފި

ބައިސްކޯފަކީ ދިވެހިރާއްޖޭގެ "ނެޓްފްލިކްސް" އެވެ. "ހުވާ" ކޮށްފާ ބުނާނަމަ ބައިސްކޯފަކީ ދިވެހި ފިލްމު އިންޑަސްޓްރީއަށް ލިބުނު 'ރަންބިސްއަޅާ ކުކުޅެއް' ފަދަ ނިއުމަތެކެވެ.

"އެހެނަސް" ބުނެލަން އޮތީ މޫމިން ފުވާދުގެ ސްކްރިޕްޓު ލިޔެ ޑައިރެކްޓުކޮށް މުހައްމަދު ޒުހުރީ ޕްރޮޑިއުސްކޮށް ސެޕްޓެމްބަރު 25 ވަނަ ދުވަހު ރިލީޒްކުރި 13 އެޕިސޯޑުގެ "ގަމިނި" ސީރީޒް ވަނީ "ހުޅު ހިފާފައިވާ މަލަކުން ނެއްޓިގެންދާ ފިޔައެއްހެން" ގޮސް ބައިސްކޯފު އަނދާ އަޅިއަށް ހަދާލާފައެވެ.

ގަމަނި އަކީ ބައިސްކޯފަށް ވެސް އިންޓަނޭޝަނަލް ވެވޭނެކަން ޔަގީންކޮށްދިން ސީރީޒްއެވެ.

"ފައިނަލް ޗެޕްޓާސް ސްޓޫޑިއޯ" ގެ "ގަމިނި" އަކީ ހަމަ ނެޓްފްލިކްސް ފެންވަރުގެ ސީރީޒްއެއްކަން މިހާތަނަށް ގެނެސްދިން ހަތަރު އެޕިސޯޑުން ވެސް ޔަގީނެވެ. އެޕިސޯޑަކަށްވުރެ އެޕިސޯޑެއް ވަރުގަދައެވެ.

ޕްރޮޑަކްޝަން:

ސީރީޒް އުފެއްދުމުގަ އިމޫމިން ފުވާދުގެ ޑައިރެކްޝަނާއި، ހުސެއިން އަދުދާން (ހުސޭނު) ގެ ކެމެރާ ކުމުން ފެށިގެން ގޮސް، އިބްރާހިމް އައްފާން (އިއްބެ) ބެކް މިއުޒިކާއެކު ފިލްމުގެ މެއިން ކާސްޓު އަދި ފިލްމީ ތަރި އަހުމަދު އާސިމް ގެ އެޑިޓިން ވެސް ހުރީ ހަމަ ނެޓްފްލިކްސް ފެންވަރުގައެވެ.

މިވެރިންގެ މަސަތް އިންޓަނޭޝަނަލް ކޮށްލުމުގެ ފަހަތުގައި ހުރި މޭސްތިރިއަކީ ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު ޒުހުރީ އެވެ.

ފިލްމުގެ އަގު އެއް މިލިއަން ރުފިޔާއަށްވުރެ މަތިވާއިރު، ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތްތައް ދިމާވީ ކޮވިޑުގެ ބަނަ ލިވާގަނޑު ދުނިޔެމަތީގައި ފަތުރާލި ދުވަސްވަރާއެވެ. ނަމަވެސް ފަހަތައް ބެލުމެއް ނެތި މި ފެންވަރުގައި ސީރީޒް ޕްރޮޑިއުސް ކުރަމުން ޒުހުރީ ވަޑައިގަތީ ޓައިމް ޓްރެވަލް ކުރައްވަމުންނެވެ.

ޒުހުރީގެ ފުރަތަމަ ޕްރޮޑަކްޝަނުން ވެސް މުޅި ދިވެހި ފިލްމު އިންޑަސްޓްރީ އަންދާލައިފިއެވެ.

ދެން ގަމިނި ފެންވަރުގައި ނޫނީ ބަޔަކު ދިވެހި ފިލްމެއް ވިއަސް، ސީރީޒްއެއް ވިއަސް ހަދައިގެން ނޫނީ ބެލުންތެރިންގެ ހިތްހަމަޖައްސައެއް ނުދެވޭނެއެވެ.

ގަމިނި ހަމަ ޔަގީނުންވެސް ފިލްމީ އިންޓަސްޓްރީ އަނދާ އަޅިއަށް ހަދާލީ 80 މިނެޓު ވެސް ނުވަނީހެވެ.

މިކަން ކަށަވަރުވަނީ މި ސީރީޒްގެ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށް ދާގޮތް ބަލައިލުމަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ކަން ހިނގާދިޔަގޮތް ލޮލުން ފެނި އަތުން ހިފާފައިވާތީއެވެ.

"ފައިނަލް ޗެޕްޓާސް" ސްޓޫޑިއޯގެ މަސައްކަތް ކުރިއަށްދާގޮތް ބަލައިލުމުގެ ފުރުސަތު "އެމްވީ ޓައިމްސް" ގެ ނޫސްވެރިންނަށް ހުޅުވާލާފައި އޮތީ އެންމެ ޓްރާންސްޕޭރަންޓުކޮށް އިންޓަނޭޝަނަލް ފެންވަރަށެވެ.

ސީރީޒްގެ ޑައިރެކްޓަރާއި ޕްރޮޑަކްޝަން ޓީމުގެ ކަންކަން ޒުހުރީ ހަމަޖައްސާފައި ހުންނަނީ ހަމަ އެމްސްޓަޑަމްގައި ހުންނަ ގޫގުލްގެ އޮފީހެއް ފެންވަރަށެވެ.

މަސައްކަތުގެ އަހުލާގާއި ކަންކަން ބެލެހެއްޓުމުގައި ވެސް ޒުހުރީ ހުންނަވަނީ އެންމެ ކުރީގައެވެ.

މި ސީރީޒް ކޮލެޓީވެފައި މޮޅުވަނީ ހަމައެކަނި، ޑައިރެކްޝަނާއި، ޕްރޮޑަކްޝަނާއި، ސިނޮމެޓޯގްރަފީއާއި، އެކްޓިންއާއި، ބެކް މިއުޒިކުގެ މޮޅުކަމުން އެކަންޏެއް ނޫނެވެ. މަސައްކަތުގެ އަހުލާގާއި، ހިއްވަރު ދިނުމާއި، އެހީތެރިކަން ކޮންމެ ކަމެއްގައިވެސް ދިނުމުގައި ޒުހުރީ ހުންނަވީ އަރުވާ ޖަހައިގެނެވެ.

މުޅިގައުމު އަންދާލި ގަމިނީގެ ހުޅުގަނޑަކީ ޒުހުރީ އެވެ.

ޑައިރެކްޝަން:

މި ސީރީޒްގައި މިހާތަނަށް ދެއްކި ޝޮޓުތަކުން، ބިމާ، ޖައްވާއި ކަނޑު އަޑި ފަތަހަކޮށްލައިފިއެވެ.

ސްކްރިޕުޓުގައި ބުނާ ވާހަކަތައް ކެމެރާ ކުރިމައްޗަށް ގެނެސްދެނީ ހަމަ އެންމެ ކަމުދާ ރަހަތަކުގައެވެ. އެރަހަތައް މާލެއަކުން ވެސް އަދި އަތޮޅުތެރެއިން ވެސް ހަމަ ނުލިބޭނެއެވެ.

މުޅި ސީރީޒްގެ ކުންނު ބަދަލު ކޮށްލި ޖަރީމާ ހިންގާލުމަށްފަހު ސިރާޖު (އަހުމަދު އާސިމް) ފިލަން ކުރާ މަސައްކަތް ބަލަން އިން އިރު ހީވަނީ ހަމަ އަމިއްލައަށް އެފަދަ ޖަރީމާއެއް ހިންގުމަށްފަހު ފިލަން އުޅެވޭހެނެވެ. މިހާވެސް ޑައިރެކްޝަން މޮޅެވެފައި ފުރިހަމައެވެ.

ޑީޖޭއައި ޑްރޯންއާއި،، އޮސްމޯއާއި، ރެޑް ކެމެރާތައް ބޭނުންކޮށްގެން ބެލުންތެރިން ހަމަ އިންތަނަށް 'ގަލޯހާޖާއަށް' ދާވަރު މޫމިނާއި ގަމިނި ޓީމުން ވަނީ ކޮށްލާފައެވެ.

އެންމެ އަޅައިގަތް  މަންޒަރުތަކަކީ ސިރާޖު ވަލުތެރެއަށް ވަދެ ފިލާއޮއްވައި ފުލުހުން އޭނާ ހޯދަން ކުރާ މަސައްކަތުގެ ޝޮޓުތަކާއި، ސިރާޖު ފިލަން ކަނޑު ފަތާފައި ދާ މަންޒަރުތަކެވެ. އަދި ސިރާޖު އަތުލައިގަނެގެން ގެންދާއިރު، ހަނދުވަރުގެ އަލީގައި ނަގާފައިވާ ޝޮޓުތައް ވެސް އެހާމެ ނެޓްފްލިކްސް އެވެ.

ސްކްރިޕްޓު:

ސީރީޒްގެ ސްކްރިޕްޓު މޫމިން ފުވާދު ލިޔެފައިވަނީ ވެސް ހަމަ ވަރަށް ފެންވަރުގައެވެ. ސީރީޒްގެ މަންޒަރުތަކާއި، ކެރެކްޓަރު ގުޅުވާލާފައި ހުންނަނީ ފީޗާޑު ސީރީޒްއެއްގައި ގެނެސްދޭނެ އެންމެ ފުރިހަމަ ގޮތަށެވެ. ކުރުކޮށް ބުނެލާނަމަ ހަމަ ނެޓްފްލިކްސް ފެންވަރުގައެވެ. މިޒަމާނާއި، މީގެ 40 ވަރަކަށް އަހަރު ކުރިން ހިނގާފައިވާ ކަންތައްގަނޑެއް މިސީރީޒްއިން ފެނެއެވެ.

ސިރާޖާއި، ތާހާގެ ދެމެދުގައި އަނދައަނދާހުރި އަލިފާންގަނޑުގެ ތެރެއިން ފެންނަ ކެރެކްޓަރުތައް އަސްލުވެސް ޖަޒުބާތުތަކާ ކުޅެލަނީ ނޭގި ހުއްޓައެވެ. ހަޑިކޮށް ބުނާނަމަ އެތަނުން ބައެއް ކެރެކްޓަރުތައް ދެކެ އަންނަ ރުޅިން 'ލަޑާފާނަމޭ" ވެސް ހިތައް އަރައެވެ. އަނެއް ބަޔަކު މައުސޫމްކަންވެސް އެހާ ބޮޑެވެ.

ސީރީޒް އިން ފެންނަ މުހިންމު ކެރެކްޓާ ތަކުގެ ތެރޭގައި ދަލޭކައިދީ (ސޫޒަން އިބްރާހިމް ފުޅު)، މުހައްމައިދީ (ޔޫސުފް ރަފީއު، ޔޫސޭ)، ސިރާޖު (އަހުމަދު އާސިމް) އާއި ތާހާ (އިސްމާއިލް ރަޝީދު، ކޮޕީ އިއްސެ) ފާހަގަކޮށްލެވެއެވެ.

ސިނޮމެޓޯގްރަފީ:

މި ސީރީޒް ނެޓްފްލިކްސް ފެންވަރަށް ގެންގޮސްދޭ ފުރަތަމަ ކަމަކީ ފިލްމުގެ މަންޒަރުތައް ނަގާފައިވާގޮތުންނެވެ. އާންމުކޮށް ދިވެހި ފިލްމާއި ޑްރާމާތަކުން ފެންނަ ޝޮޓުތަކާއި މި ސީރީޒްގެ ޝޮޓުތަކާއި އަޅާ ކިޔާލެވޭ ވަރެއްވެސް ނޫނެވެ.

މިހެން މިކަންވަނީ މޫމިނުގެ ހިތުގައި އޮތް ޝޮޓު އަނގައިން ބުނެދޭ ވަރަށްވުރެ ވެސް ފުރިހަމަކޮށް، ހުސެން އަދުނާން (ހުސޭނު) ގެނެސްދީފައިވާތީއެވެ. އެއީ ހަމަ ހިތާ ހިތުގެ ގުޅުމެކެވެ.

ސަސްޕެންސާއި، ހިތާމައާއި، އުފަލާއި، ބިރުވެރިކަން ކެމެރާތެރެއަށް ވައްދާލާފައި ހުރީވެސް ހަމަ ގާދޫކޮލުން ބޭރުގައެވެ.

އެޑިޓިން:

ސީރީޒް ނެޓްފްލިކްސް ވަނީ، އެޑިޓު ކުރުމުގައި ފިލްމުގެ މެއިންކާސްޓު އަހުމަދު އާސިމް ކޮށްފައިވާ ބުރަ މަސައްކަތައްވެސް ހިމަނައިގެންނެވެ.

ސީރީޒްގެ ޑަބިންގެ ޓެކްނިކަލް މަސައްކަތް ވެސް ކުރީ ވެސް އާސިމެވެ. ސިއްރެއް ބުނާނަމަ އާސިމަކީ ހަތް އަޑުގެ ވެރިއެކެވެ. އެއީ ޑަބިންގައި ސްޓޫޑިއޯއަށާއި ޕްރޮޑަކްޝަން ޓީމަށް ލިބުނު އިތުރު ޑަންޑަހިލެކެވެ.

އާސިމު އެކަންޏެއް ނޫނެވެ. ސީރީޒްގައި ޑަބިން އާޓިސްޓެއްގެ ގޮތުގައި އާސިމްގެ އެންމެ ހަގު ދަރިފުޅު ހަތަރު އަހަރުގެ އީޝަލް އާސިމް ވެސް ވަނީ ބައިވެރިވެފައެވެ.

ފިލްމުގެ ކަޓުތައް މޫމިންގެ ކައްޕިތާނުކަމުގެ ދަށުން އާސިމް އަންދާލާއިރު ކީބޯޑުން އަޑުނުކެނޑެއެވެ. ބަލަން އިން އިރު އަނގައިން ސޮނި ވެއްޓުނެވެ.

އެކްޓިން:

މި ސީރީޒް އިތުރަށް ފުރިހަމަވެގެން އަންނަނީ، ކާސްޓުންގެ އެކްޓު ކުރުމުގެ ފެންވަރުވެސް ހަމަ އެހާ ފުރިހަމަވެފައި ޗާލުވީމައެވެ. ކޮންމެ ކާސްޓެއްގެ އެކްޓިންް ވަކި ވަކިން ކިޔައިދޭން ވެއްޖެ ނަމަ ސީރީޒްގެ ކުރި މަރުވާނެއެވެ.

ސީރީޒްގައި ފެންނަ ކާސްޓުންގެ ތެރޭގައި ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ)، މަރިޔަމް ޝަކީލާ (ޝަކިއްތަ)، އަހްމަދު އާސިމް އާއި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، އަހްމަދު ސައީދު،  ސޫޒަން އިބްރާހިމްފުޅު، ނިޝާ (ނިޝްކޮ)، އަލީ ފިޒާމް، ނަތާޝާ ޖަލީލް، މަރިޔަމް ޝިފާ، މުހައްމަދު އިމްރާން، އަމީން ޝަފީއު، އިސްމާއިލް ޒާހިރު، އަޖްނާޒް އަލީ، އިސްމާއީލް ވަހީދު އަދި ޖައުޒާ ޖައުފަރު ވެސް މުހިންމު ރޯލު ތަކުން ފެންނާނެ އެވެ.

މިއުޒިކް:

މި ސީރީޒްގެ ބެކް މިއުޒިކް ތައްޔާރުކުރީ އިބްރާހިމް އައްފާން (އިއްބެ) އާއި ފަތުހުﷲ އަބްދުލް ފައްތާހު (ފަތޯ) އެވެ. ގަމިނީގެ ދިލަ ހޫނުގަނޑު ހިތުތެރޭގައި ދެ ވެރިން އަންދާލަނީ ހަމަ ނެޓްފްލިކްސް ފެންވަރުގައެވެ.

ކޮންމެ ކެރެކްޓަރަކަށް އަދި މަންޒަރުގައި ދައްކުވައިދޭ އިހުސާސްތަކާއެއްގޮތައް ވަކި ވަކިން މިއުޒިކު ބަދަލުވާއިރު، ސަސްޕެންސާއި، ހިތާމައާއި، އުފަލާއި ބިރުވެރިކަން ކީބޯޑުގެ ފިއްތަކުގެ ދަށުން ނެރި ގަމިނީގެ ތެރެއަށްލާ އަންދާލާފައިވާގޮތުން މި ސީރީޒް ނެޓް ފްލިކްސްގައި ފެންވަރުން ނެއްޓި ޖައްވުގެ ތެރެއަށް އަރައިގެން ނުގޮސް ހުރީ ހަމަ ކިރިޔާއެވެ.

 

ތީމް ލަވައިން ފެށިގެން ސީރީޒްގެ ކްރެޑިޓް އެރުވުމާ ހަމައަށް، މީހަކު ކޮސްކޮށްލާނެއެވެ. ގަމިނީގެ ވިޝުއަލް އިފެކްޓުތައް ވެސް ވިޝާލް ޒަކީ (ވިއްޓެ) ގެނެސްދީފައިވަނީ ހަމަ ބަލަން އިން މީހަކު އަންދާލާ ފެންވަރަށެވެ.

ގަމިނި ނެޓްފްލިކްސް ފެންވަރޭ މި ބުނަނީ ގަމިނި ޕްރޮޑިއުސް ކުރާ 'ފައިނަލް ޗެޕްޓާސް' ސްޓޫޑިއޯއަށް ހަބަރު ބާލަން ދިޔަ ދުވަސް ތަކުގައި ގެންގޮސް ޖެއްސި "އަވާގައި" ހަމަ އެންމެ ފުކެއްވެސް ޖެހިގެނެއް ނޫނެވެ.

މަރުވުމުގެ ކުރިން ބަކެޓު ލިސްޓުގައި ހިމަނާ ކަންތައްތަކުގެ ތެރޭގައި ގަމިނި ބެލުން ހިމަނައިގެން 'ރިގްރެޓްކުރަން ނުޖެހޭނެ' ކަމުގެ ޔަގީންކަން ޓައިމްސް އެމްވީގެ ކިއުންތެރިންނަށް އަރުވަމެވެ.

ކިޔުންތެރިންގެ ހިޔާލު

  1. ހުސޭނު

    ނޮވެމްބަރ 2019 ގެ ފަހުން އަދި ކިރިޔާ ދިވެހި ފިލްމީ ހަބަރެއް މި ނޫހުގަ މި ޖެހީ. ޢެހެންވީމަ ގަމިނި ތީ އޮސްކާ ފެންވަރުގެ އުފެއްދުމެކޭ ބުންޏަސް ހަމަ އެއްވެސް ހައިރާނެއް ނުވާނެ

  2. އަހުމަދު ޝާހް އަލީ

    ދެރައީ ރާއްޖޭގެނެޓްފްލިކްސް ބައެއް ފިލްމް ތަކަށް ލާރިނުދީ ދައްކާތީ. އަހަނަކީ ދެވަންސޫރަ ޕްރޮޑިއުސަރ އެންމެ ރުފިޔާ އެއްވެސް ނުދީ ވަގައްދައްކަނީ