މިރޭ ކޯވިޑް-19އަށް ޕޮޒިޓިވްވީ 66 މީހުން

ރާއްޖެއިން އިތުރު 66 މީހަކު ކޯވިޑް-19އަށް މިރޭ ޕޮޒިޓިވްވެއްޖެއެވެ.

މިރޭ ޕޮޒިޓިވްވި އެންމެންނަކީވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. މިހާތަނަށް ރާއްޖެއިން ޖުމުލަ 5157 މީހުން ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެތެރެއިން މިއަދު ރަނގަޅުވެފައިވަނީ 14 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެތެރެއިން ޖުމުލަ 2835 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު